ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު( މެނޭޖަރ – މީޑިއާ އެންޑް ޕީ.އާރް)

 

 

ވަޒީފާގެ ފުރުޞަތު( މެނޭޖަރ – މީޑިއާ އެންޑް ޕީ.އާރް)

މިކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 މެނޭޖަރ – މީޑިއާ އެންޑް ޕީ.އާރް

 ބޭނުންވާ އަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 މެނޭޖަރ - ގްރޭޑް 1

 އަސާސީ މުސާރަ:

 މަހަކު -/12,500 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - ޓެކްނިކަލް އެލަވަންސް: އަސާސީ މުސާރައިގެ 25%

 - ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ 15%

 - ފޯން އެލަވަންސް: 450.00 ރުފިޔާ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ   ދެވޭނެއެވެ.

 މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ،   މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ   ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްއޫލިއްޔަތާއި   ޒިންމާ  އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން މާސްޓާރސް ޑިގްރީއެއް   ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާގުޅުންހުރި ދާއިރާއަކުން މަދުވެގެން 01 އަހަރުދުވަހުގެ   މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ،

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ބެޗްލަރސް ޑިގްރީއެއް   ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރުދުވަހުގެ   މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ،

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ބެޗްލަރސް ޑިގްރީއެއް   ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރުދުވަހުގެ   މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ،

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއެކު   މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ   ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

  - ބްރޭންޑް ވިޒިބިލިޓީ އާއި އެންގޭޖްމަންޓް އިތުރުކުރުމަށް މީޑިއާ އަދި ޕްބްލިކް ރިލޭޝަން   ސްޓްރެޓަޖީތައް ތައްޔާރުކޮށް ހިންގުން

 - މީސް މީޑިއާ ޕްލެޓްފޯމްތަކާއި، ވެބްސައިޓްތަކާއި، ނިއުސްލެޓަރތަކާއި، ނޫސްބަޔާންތަކަށް   ބޭނުންވާ ފެންވަރު ރަނގަޅު ކޮންޓެންޓް އުފެއްދުމާއި، ކިއުރޭޓްކުރުމާއި، މެނޭޖްކުރުން.

 -  ރަސްމީ ހުރިހާ މީސް މީޑިއާ ހެންޑްލްތަކެއް މެނޭޖްކޮށް، ބްރޭންޑިންގ އެއްގޮތްކޮށް، ވަގުތުން   އަޕްޑޭޓްތައް ކުރުމާއި، އަދި އޯޑިއަންސް އެންގޭޖްމަންޓް ކަށަވަރުކުރުން.

 - މީސް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކަށް "ކޮންޓެންޓް ކަލަންޑަރު" ތައް   ތައްޔާރުކޮށް،  ރާވައި ބެލެހެއްޓުން.

 - ނޫސްވެރިންނާއި، މީޑިއާތަކާއި، އިންފްލުއެންސަރުންނާއި، މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅުން   ބަދަހިކޮށް ދެމެހެއްޓުން.

 - މީޑިއާ ކަވަރޭޖްތަކާއި، އިންޑަސްޓްރީގެ ޓްރެންޑްތައް، އަދި ވާދަވެރިންގެ ހަރަކާތްތައް   މޮނިޓަރކޮށް ބަލައި "ޕްރޮއެކްޓިވް ޕީއާރު އިނިޝިއޭޓިވްސް" އަށް ހުރި ފުރުސަތުތައް ދެނެގަތުން.

 - ހުރިހާ ޕްލެޓްފޯމްތަކެއްގައި ވެސް އެއްގޮތަކަށް މެސެޖިންގ އާއި ބްރޭންޑް ވޮއިސް   ގެނެސްދެވޭނެ ގޮތް ހެދުމަށް އެތެރޭގެ ޓީމުތަކާ ގުޅިގެން މަސައްކަތް ކުރުން

 - މީޑިއާ ކެމްޕޭންތަކާއި މީސް މީޑިއާ އެންގޭޖްމަންޓްގެ ޕާފޯމަންސް މެޓްރިކްސް ޓްރެކްކޮށް،   ދެމެހެއްޓެނިވި ގޮތަކަށް މީޑިއާ އާއި ޕީއާރުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ   މަޢުލޫމާތުތައްދީ އެހީތެރިވެދިނުން

 ސުންގަޑި:

 - މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު،03 ޑިސެމްބަރ   2025 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ   މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް   ފޮނުއްވުން އެދެމެވެ.

 - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން   ޑައުންލޯޑް  ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް   ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި   އިޢުލާނާއެކު  ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން   ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް   އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

 ނޯޓް:  މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް   ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި   ދެންނެވީމެވެ. އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ   ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު   ޖެހުމަށް ދަންނަވަމެވެ.

 އިންޓަވިއު:

 މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޑިސެމްބަރު މަހުގެ ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން   އެދެމެވެ.

01 ޑިސެންބަރު 2025
ހޯދާ