އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ އދ.މަންދޫ ފުޓްސަލްޓީމް މެނޭޖުކުރާނެ ފަރާތެއް ހޯދުމުގެ މުއްދަތު އިތުރު ކުރުމާއިބެހޭ

އދ.މަންދޫފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުން ނަގައި އެ ޓީމް މުބާރާތަށް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސެވުމަށްކުރި އިޢުލާން ނަންބަރު: (IUL)351/351/2025/67 (09 ނޮވެމްބަރ 2025) އިޢުލާނާއިގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މުއްދަތު އިތުރު ކުރުމަށް ދެވަނަ އިޢުލާނެއް ކުރަމެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ އދ.މަންދޫފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުން ނަގައި އެ ޓީމް މުބާރާތަށް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އދ.މަންދޫގައި ރަޖިސްޓްރީ ކޮށްފައިވާ ކްލަބް ޖަމުއިއްޔާތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ އދ.މަންދޫގެ ކްލަބް ޖަމިއްޔާތަކަށް މި އިއުލާނާއި އެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާގޮތުގެ މަތިން ޓީމްގެ ކަންތައްތައް ރާވައި ހިންގާނެ ގޮތުގެ ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށައަޅަންވާނީ އިޢުލާނާއިއެކު ޢާންމުކޮށްފައިވާ މަޢުލޫމާތު ޝީޓް (ޖަދުވަލް 1) ގައިވާ ގޮތުގެ މަތިންނެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު 07 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާލެވިފައިކަމުގައި ދަންނަވަމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

01 ޑިސެންބަރު 2025
ހޯދާ