ދިވެހިރާއްޖެ
ޕްރީސްކޫލް ދަރިވަރުންނަށް ބޭނުންވާ ފާޚާނާއެއް ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް
ބޮޑުފޮޅުދޫ މަދަރުސާގެ ޕްރީސްކޫލް ކުދިންނަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް ފާޚާނާއެއް ހެދުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ބޭނުންވާތީ އެފުރުޞަތު ހުޅުވާލުން
2016 ވަނަ އަހަރު އ.އ ބޮޑުފޮޅުދޫ މަދަރުސާގެ ޕްރީސްކޫލް ކުދިންނަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް އަމިއްލަ ތަކެތީގައި ފާޚާނާއެއް ހެދުމުގެ މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އ.އ ބޮޑުފޮޅުދޫ މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
ބިޑް ހުށަހެޅުން |
15 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00 |
19 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރުމައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660841 ނަންބަރު ފޯނާއެވެ.
23 މުޙައްރަމް 1437