ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ!
ވިޔަފާރީގެ އުޞޫލުން 1 ޖަނަވަރީ 2026 ން 31ޑިސެންބަރު 2026 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން
|
މީޓިންގ ހަމަޖެހިފައިވާ ގޮތް |
ތާރީޚް |
ގަޑި |
|
ނަން ނޯޓު ކުރުން |
02 - 04 ޑިސެންބަރު 2025 އަށް |
ހެނދުނު 9:00 – 13:30 ށް |
|
މައުލޫމާތު ސާފްކުރުން |
07 ޑިސެންބަރު 2025 |
ހެނދުނު 11:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
11 ޑިސެންބަރު 2025 |
ހެނދުނު 11:00 |
މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގައިވާ ގޮތުން އާމްދަނީ ހޯދުމަށް މިފަދަ މަސައްކަތް ކޮންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގައި ޤަވާއިދުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ނަން ނޯޓް ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ސެޝަނުގައި ބައިވެރި ނުވެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން ޤަބޫލު ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލްގެ ފޯނު ނަންބަރު /7983090 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
