މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރު މަކުނުދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލުގެ ނަމްބަރ GS97/IUL/2025/028 އިޢުލާނާއި އެކު ހިމަނާފައިވާ ބީލަންފޮތުގައިވާ މަޢުލޫމާތު ބަދަލު ކޮށްފައިވާތީ އެ އިޢުލާނު ބާޠިލްކޮށް 2026 ވަނަ އަހަރު މަކުނުދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާން ކޮށްފައިވާނެއެވެ. އަދި ބީލަން ޙަވާލު ކުރުމުގައި އިސްކަން ދޭނެ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.
- މި މަސައްކަތާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ބީލަމާއި އެކު ހުށައަޅަން ޖެހޭ ލިޔެކިޔުމާއި ޕޮއިންޓް ލިބޭ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.
- މި މަސައްކަތަށް ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 01 އިން 2025 ޑިސެމްބަރ 09 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/piAqtn57icHrtX3v6
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 09 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 11 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މަކުނުދޫ ސްކޫލް މީޓިންގ ރޫމުގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ، ދިވެހިރާއްޖެ، ފޯން: 6520529، އީ-މެއިލް: [email protected]
10 ޖުމާދަލްއާޚިރާ 1447
1 ޑިސެމްބަރ 2025
|
މުޙައްމަދު ލުޠުފީ |
|
ޕްރިންސިޕަލް |
|
|
01 ޑިސެންބަރު 2025
ހޯދާ
