މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫ ބަނދަރުހިޔާ އިމާރާތުގެ ތިރީ ގުދަންބައި ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން.

މި އިޢުލާންވަނީ 06 ޑިސެންބަރު 2025 21:21 ގައި ބާތިލް ކުރެވިފައެވެ.


ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މިލަންދޫ ބަނދަރުހިޔާ އިމާރާތުގެ ތިރީ ގުދަންބައި ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ އެއްމެހާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  1. ކޯޓޭޝަން ހުށަހެޅުން އޮންނާނީ 2025 ޑިސެމްބަރ 07 ވާ އާދިއްތަ ދުވަހުގެ 10:30ގައި މިއިދާރާގެ މީޓިން ރޫމުގައެވެ.
  2. ހުށަހަޅާ ކޯޓޭޝަންތައް ވަޒަންކުރާނެ މިންގަނޑާއި ކޯޓޭޝަނާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރައްވައި ނަމާއި، ގުޅޭނެ ނަމްބަރު އަދި އީމެއިލް އެޑްރެސް މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލްކުރެއްވުމުން ނުވަތަ މިއިދާރާއަށް ދުރުވުމުން އެފަރާތަކަށް މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމު ދޫކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް [email protected] އަށް މެއިލްކުރެއްވުމުން ނުވަތަ 6540063 ނަމްބަރު ފޯނަށް ގުޅުއްވުމުން އެމަޢުލޫމާތެއް ފޯރުކޮށްދެވޭނެއެވެ.

01 ޑިސެންބަރު 2025
ހޯދާ