ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު އއ.ތޮއްޑޫ މަސްޖިދުލް ޢާއިޝާގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ދިވެހި ޙާފިޘެއް ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޘުންނަށް ފުރުޞަތު ހުޅުވާލަމެވެ.
އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމް ("ދިވެހި ޙާފިޘުން ޙިފްޘުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފޯމް") ފުރިހަމަކޮށް ލިޔުންތަކާއެކު، 2025 ޑިސެމްބަރ 8 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ މެއިލް [email protected] ނުވަތަ ހާޑްކޮޕީ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ހުށައެޅުމަށް ދަންނަވަމެވެ.
އުޖޫރަ ( އެލަވަންސް ):
ދިވެހި ޙާފިޘުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރަށްވާ ކޮންމެ ރެޔަކަށް -/500 ( ފަސްސަތޭކަ ) ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން ރަށުން ބޭރުގެ ޙާފިޘުންގެ ހުރުމާއި ކެއުން ހަމަޖައްސައިދެވޭނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
