ތިލަދުންމަތީ އުތުރުބުރީ ބާރަށު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނައަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2026 ވަނައަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދުމަށް:
- 01 ޖަނަވަރީ 2026 އިން ފެށިގެން 31 ޑިސެންބަރު 2026 އަށް މިސްކޫލްގެ ސެކިއުރިޓީ އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- 3. މި ޕްރޮޖެކްޓުގައި ރަޖިސްޓްރީ ކުރުމަށް 2025 ނޮވެންބަރު 30 ން 2025 ޑިސެންބަރު 7 ގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ނުވަތަ މި ދެންނެވި މުއްދަތުގައި ސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މިކަމާއިގުޅިގެން މަޢުލޫމާތުދިނުން 2025 ޑިސެންބަރު 7 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ.
- މިމަސައްކަތާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެންބަރު 11 ވަނަ ދުވަހުގެ 13:30 ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެންބަރު 14 ވާ އާދިއްތަ ދުވަހުގެ 13:30 ގައިބާރަށު ސްކޫލް އޮފީހުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތާއި ބިޑް ރަޖިސްޓްރޭޝަން ފޯމް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބާރަށު ސްކޫލް
ފޯން: 6500527
އީ-މެއިލް: [email protected]
30 ނޮވެންބަރު 2025
ހޯދާ
