މިލަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަން ކައުންޓަރާއި ރިސެޕްޝަން އޭރިއާގައި ކުރަންހުރި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ށ.މިލަންދޫ ޞިއްޙީމަރުކަޒުގެ ރިސެޕްޝަންކައުންޓަރ އޭރިއާ ބޮޑުކޮށް މިމަރުކަޒުން ދޭ ނަމޫނާއާއި އެއްގޮތަށް އައު ކައުންޓަރެއް ހެދުމާއި، ރިސެޕްޝަން އޭރިއާގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުންފުނިތަކާއި، އިންވެސްޓްމަންޓްތަކުން 04 ޑިސެމްބަރ 2025ވާ ބުރާސްފަތިދުވަހު މެންދުރުފަހު 2:00ގެ ކުރިން ރަޖިސްޓްރީވެލައްވާ މަޢުލޫމާތު ސާފުކުރައްވަން ވާނެއެވެ. ބިޑު ހުށަހެޅުއްވާނީ 09 ޑިސެމްބަރ 2025ވާ ހޯމަ ދުވަހު ހެނދުނު 10:00ށް މިމަރުކަޒަށް ވަޑައިގެންނެވެ. ބަދަލުގައި ނަމަ ސިޓީއަކާއެކު ހާޟިރުވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރެއްވުމާއި ރަޖިސްޓްރީ ވުމަށް

04 ޑިސެމްބަރ 2025

ބުރާސްފަތި

2:00 (މެންދުރުފަހު) ގެ ކުރިން

 ބިޑު ހުށަހެޅުއްވުމަށް

08 ޑިސެމްބަރ 2025

ހޯމަ

10:00 (ހެނދުނު)

ރަޖިސްޓްރީވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ މިމަރުކަޒަށް ދުރުވެ ނަންނޯޓް ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވާ، ބިޑު ހުށަހަޅާ ފޯރމާއި ޙަވާލުވެލެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވާ، ގުޅުއްވާނީ 6540057 ، 7734558، 9990542

            09 ޖުމާދުލް އާޚިރާ  1447ހ

           30 ނޮވެމްބަރ 2025 މ

30 ނޮވެންބަރު 2025
ހޯދާ