މަޤާމުގެ ނަން: ފައިނޭޝިއަލް ކޮންޓްރޯލަރ
|
މަސައްކަތް ކުރާ ޑިޕާޓްމެންޓް: އެކައުންޓިންގ އެންޑް ފައިނޭސް
|
ބޭނުންވާ އަދަދު: 1
|
މުސާރަ: -/20,000
|
އެލަވަންސް: މުސާރައިގެ އިތުރުން ކުންފުނިން ހަމަޖެހިފައިވާ އުސޫލުން އެލަވަންސް ލިބޭނެއެވެ.
|
މަސައްކަތް ކުރަންޖެހޭ ތަން: ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑްގެ މާލެ އޮފީސް
|
ފެންވަރު ނުވަތަ ޝަރުޠު:
- ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯހެއް ހާސިލުކޮށްފައިވުން، އޭސީސީއޭ ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ފައިނޭންސް/ބަޖެޓާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާއެއް ލިބިފައިވުން.
|
މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- ކުންފުނީގެ ބަޖެޓާ ބެހޭ އެންމެހާކަންކަން ކުރުން.
- އޮޑިޓް މަސައްކަތް ރާވައި ހިންގުން.
- ފައިނޭންސް ސެކްޝަންގެ މުވައްޒުންނަށް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން
- ބޭންކްގެ މުއާމަލާތްތައް މޮނީޓަރ ކުރުން
- ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ ޚަރަދު ބެލެހެއްޓުން އަދި ކޭޝްފްލޯ ފޯކަރސްޓް ތައްޔާރުކުރުން
- ކުންފުނީގެ ބޯޑް އަދި މެނޭޖްމަންޓަށް ބޭނުންވާ ފައިނޭންޝަލް ރިޕޯޓްތައް ތައްޔާރު ކުރުން.
- މުވައްޒަފުންގެ މުސާރަ އަދި ކުންފުނިން މަހުންމަހަށް ކުރާ ޚަރަދުތައް ބެލުން
- ކުންފުނިން ހިންގާ މަޝްރޫޢު ތަކަށް ބޭނުންވާނޭ ފައިނޭންސް ހޯދުމުގައި ބޭންކްތަކާއި އެހެނިހެން ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ގުޅިގެން މަސައްކަތް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ ލިޔުންތައް އެޓެސްޓް ކޮށްފައި.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ސުންގަޑި: 12 ނޮވެންބަރު 2015 ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން. (އޮފީސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހަކު 08:00 އިން 15:00 އަށެވެ.)
- ހުށަހަޅަންވީ ތަން: ހ. އާގަދަގެ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3016630 އަށް
- އީމެއިލް އެޑްރެސް: [email protected]
|