ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޝާންމަހު އިމާމުވެ ތަރާވީޚް ނަމާދު ކުރާނެ ޙާފިޡަކު ހޯދުން.

1447 ވަނަ އަހަރުގެ ރަމަޟާންމަހު ހދ .ހިރިމަރަދޫ މަސްޖިދުލްކައުޘަރު މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް ބޭރުން ޙާފިޡަކު ގެނެއުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 10 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން އަގު ބަޔާންކޮށް މި އިދާރާއަށް ކޯޓޭޝަން ހުށައެޅުއްވުމަށް ދަންނަވަމެވެ.                  

 ޙާފިޡު ގެންނަފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.                      

  1.     ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
  2.     ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
  3.     ޙާފިޡު ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެންގޮސްދިނުން.
  4.     ޙާފޡު މާލޭގައި މަޑުކުރައްވާ ދުވަހުގެ ހުރުމާ ކެއުން ހަމަޖެއްސެވުން.
  5.     ރަމަޟާން މަސް ނިމުމުން،ޙާފިޡު އަނބުރައި މާލެ ގެނެސް އޭނާގެ ޤައުމަށް ފޮނުވާލުން
  6.     ޙާފިޡު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.

         މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާއްމުކުރައްވާފައިވާ ނަންބަރު: (IUL)142-B1/142/2025/231   19)ނޮވެމްބަރ 2025) އިޢުލާންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

         ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 ނޮވެންބަރު 2025
ހޯދާ