މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަހާއިގުޅިގެން ބާއްވާ މަސްރޭސް

ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން، 2025 ޑިސެންބަރު 10 ވާ ބުދަ ދުވަހު، ފަރުމަސް ބޭނުމުގެ މަސްރޭހެއް ބޭއްވުމަށް ވަނީހަމަޖެހިފައެވެ. 

މަސްރޭހުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގައި ރަޖިސްޓްރީކޮށް، ރަޖިސްޓްރީ ނަންބަރު އޮޑީގައި ޖަހާފައިވާ އުޅަނދުފަހަރަށެވެ.

މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި އިނާމުތައް ތިރީގައިމިވަނީއެވެ.

(ހ) މުބާރާތުގައި އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 5000.00 ރުފިޔާ

(ށ) މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 3000.00 ރުފިޔާ

(ނ) މުބާރާތުގައި ތިންވަނައަށް އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 1500.00 ރުފިޔާ

(ރ) މުބާރާތުގައި އެންމެ ބަރު މަސް ކިރުވާ ޓީމް – 500.00 ރުފިޔާ

ވީމާ، މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 2025 ޑިސެންބަރު 08 ވަނަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް https://forms.gle/WR6ASxzYFusk58Er6 ފުރިހަމަ ކުރާށެވެ. މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއި އެއްފަތްކޮށްފައިވާނެއެވެ.

30 ނޮވެންބަރު 2025
ހޯދާ