ދިވެހިރާއްޖެ
ހިދުމަތުން ދުރަށްދާން ޖެހިފައިވާ ހިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް (ފުލްޓައިމް ވަޒީފާއަށް) ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ "ހިދުމަތުން ދުރަށްދާންޖެހިފައިވާ ހިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ހިދުމަތްތެރިން ހިދުމަތަށް ނެރުމުގެ އުސޫލު 2024" (05 އޮގަސްޓު 2024) ގެ ދަށުން ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަމެވެ. ދަފްތަރުގައި ރަޖިސްޓްރީވުމުގެ ސުންގަޑި އަކީ 30 ނޮވެންބަރު 2026 ވަނަ ދުވަހުގެ 14:00 އެވެ.
https://forms.gle/MA6MPqh5mzNXHgju8
ވީމާ، ދަފްތަރުގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޫގުލްފޯމް ފުރިހަމަކުރުން އެދެމެވެ.
"ހިދުމަތުން ދުރަށްދާންޖެހިފައިވާ ހިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ހިދުމަތްތެރިން ހިދުމަތަށް ނެރުމުގެ އުސޫލު 2024 " (05 އޮގަސްޓް 2024) ތިރީގައިވާ ލިންކު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.
https://www.csc.gov.mv/Policy/Index/97
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6885046 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
