ދިވެހިރާއްޖެ
އިޢުލާން
1447 ވަނަ އަހަރުގެ ރަމަޟާން މަހު ތ.ކަނޑޫދޫ މަސްޖިދުލް އިޚްލާސްމިސްކިތު އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ދިވެހި ޙާފިޘެއް ހޯދުން:
1447 ވަނަ އަހަރުގެ ރަމަޟާންމަހު ތ.ކަނޑޫދޫ މަސްޖިދުލް އިޚްލާސް މިސްކިތު ގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ދިވެހި ޙާފިޘެއް ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޘުންނަށް ފުރުޞަތު ހުޅުވާލަމެވެ.
މިގޮތުން 1447 ވަނަ އަހަރު މިރަށު މަސްޖިދުލް އިޚްލާސް ގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމް ("ދިވެހި ޙާފިޘުން ޙިފްޘުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފޯމް") ފުރިހަމަކޮށް ލިޔުންތަކާއެކު، 2025 ޑިސެމްބަރ 15 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. ދިވެހި ޙާފިޘުން އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރުމަށް ހުއްދައަށް އެދޭ ފޯމް މި އިދާރާއިންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު ހޯދުމަށް 9977464 އަށް ގުޅުއްވުން އެދެމެވެ.
އުޖޫރަ ( އެލަވަންސް ):
- އަގު ހުށަހަޅުއްވާނީ ތަރާވީހު ނަމާދުކުރާ ކޮންމެ ރެއަކަށް ދޭންޖެހޭވަރު ބަޔާންކޮށް.
- ރަށުން ބޭރު ޙާފިޘެއްނަމަ ދަތުރު ޚަރަދާ، ހުރުމާއި ފަރިއްކޮޅު ހަމަޖައްސައިދެވޭނެ
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
