މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހި ބޭސްވެރިންގެ ދަފްތަރު އެކުލަވާލުމާގުޅޭ

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދަރާ އިން 2025 ނޮވެމްބަރު 26 ވަނަ ދުވަހު ދޮނުވާފައިވާ ނަމްބަރު (MSG)228-TS/2025/71 މެސެޖާއި ހަވާލާދީ ދަންނަވަމެވެ.

ޤައުމުގެ ވަރަށް މުހިންމު ތަރިކައެއް ކަމަށްވާ، ދިވެހި ބޭސްވެރިކަމުގެ ފަންނު ދިރުވައި އާލާކޮށް ހިމާޔަތްކުރަން ޖެހިފައިވާކަމަށް ދެކޭތީ އާއި އަދި ދިވެހި ބޭސްވެރިކަމަކީ ޒަމާނުއްސުރެން ދިވެހީންގެ ސިއްހީ ދުޅަހެތިކަމަށް ބޭނުންވާ އެންމެހައި ކަންތައްތައް މިފަންނުވެރިކަމުގެ ތެރެއިން އައިސްފައިވާ ވަރަށް މުހިންމު ތަރިކައެއް ކަމަށްވީހިންދު، އެ ތަރިކަ އުވި، ނެތިގެންދާތީ، އެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުން ހިމެނޭހެން ދިވެހި ބޭސްވެރިންގެ ޖަމްއިއްޔާގެ ކުރިއެރުވުމަށާއި ދިވެހި ބޭސްވެރިކަން ކުރިއެރުވުމަށް އެ ޖަމްއިއްޔާއިން އިސްނަގައިގެން މަސައްކަތްތަކެއް ކުރުމުން ދާކަމުގައި ދިވެހި ބޭސްވެރިންގެ ޖަމްއިއްޔާއިން ވަނީ އަންގާފައެވެ. މިގޮތުން  އެ  މަސައްކަތުގެ ތެރެއިން ތިޔަ ރަށްރަށުގައި މަސައްކަތް ކުރައްވަމުންގެންދަވާ، ދިވެހި ބޭސްވެރިންގެ މަޢުލޫމާތުގެ ދަފްތަރެއް އެކުލަވާލަން  އެ ޖަމްޢިއްޔާއިން  ބޭނުންވާ ކަމަށާއި، މި ކަމުގެ އެއްބޭނުމަކީ  ދިވެހި ބޭސްވެރިންނަށް  ލިބެންޖެހޭ  ޙައްޤު މަޤާމު ހޯދުމަށް މަސައްކަތްކުރުމާއި  ސަރުކާރުން ދެއްވާ ޢާންމު ޚިދުމަތުގެ އިނާމު ފަދަ ކަންކަމުގައި ބައިވެރިވުމަށް ފަސޭހަވާނެގޮތެއް  ހަމަޖެއްސުމާއި،  އަދި މޯލްޑިވްސް އެލައިޑް ކައުންސިލްގައި ބޭސްވެރިން ރަޖިސްޓްރީ ކުރުމަށް ފަސޭހަތަކެއް ލިބިގެން ދާނެކަމެއް ކަމުގައިވެސް އެޖަމުއްޔާއިން އަންގަ ވާފައިވެއެވެ.

އެގޮތުން ރަށުގައި ދިވެހި ބޭށްވެރިކަމުގެ މަސައްކަތްކުރައްވާ ފަރާތްތަކުން 2025 ޑިސެންބަރު 02 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ފުރިހަމަކުރެއްވުމަށް އެދެމެވެ.

ފޯމް: https://shorturl.at/Wc4Ja

30 ނޮވެންބަރު 2025
ހޯދާ