ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް.

މި ޓްރައިބިއުނަލުން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބޭނުންވާ ފަރުނީޗަރުސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި އިޢުލާނާ އެކުގައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތްވާގޮތުގެ މަތިން މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ބަލައިގަތުމާއި ހުޅުވުމުގެ ބައްދަލުވުން އޮންނާނެ ގަޑިއާއި ތާރީޚާއި ތަން:

ތާރީޚު: 07 ޑިސެންބަރު 2025 (އާދިއްތަ)

ގަޑި: 10:00

ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް، (ގ.ފަތުރުވެހި 2 ވަނަ ފަންގިފިލާ)

މި ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާހާއި ތަކެތީގެ ތަފްޞީލު މި އިޢުލާނާ އެކު އެއްހީރާސްކޮށްފައި ވާނެއެވެ. މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މި އިޢުލާނާ އެއްފަތްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، 04 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން [email protected] އީމެއިލްއަށް ބިޑާ ބެހޭ ސުވާލުތައް ފޮނުއްވުން އެދެމެވެ.

29 ނޮވެންބަރު 2025
ހޯދާ