މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އެންވަޔަރަމެންޓް އޮފިސަރ

އިޢުލާން
ވަޒީފާގެ ފުރުޞަތު:
 

މަޤާމް:

އެންވަޔަރަމެންޓް އޮފިސަރ (ވަގުތީ)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް

ޑިވެލޮޕްމަންޓް

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް. އެސް. 1

މަޤާމުގެ ޝަރުތު:

1. ޓޫރިޒަމް މެނޭޖްމަންޓް/ ޓޫރިޒަމް ޕްލޭނިންގ/ ހޮސްޕިޓަލިޓީ މެނޭޖްމަންޓް/ ކޯސްޓަލް މެނޭޖްމަންޓް/ މެރައިން ސައިންސް/ މެރައިން ބަޔޮލަޖީ/ އެންވަޔަރަންމަންޓް ސައިންސް/ އެންވަޔަރަންމަންޓް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2.  ޓޫރިޒަމް މެނޭޖްމަންޓް/ ޓޫރިޒަމް ޕްލޭނިންގ/ ހޮސްޕިޓަލިޓީ މެނޭޖްމަންޓް/ ކޯސްޓަލް މެނޭޖްމަންޓް/ މެރައިން ސައިންސް/ މެރައިން ބަޔޮލަޖީ/ އެންވަޔަރަންމަންޓް ސައިންސް/ އެންވަޔަރަންމަންޓް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ޓޫރިޒަމް މެނޭޖްމަންޓް/ ޓޫރިޒަމް ޕްލޭނިންގ/ ހޮސްޕިޓަލިޓީ މެނޭޖްމަންޓް/ ކޯސްޓަލް މެނޭޖްމަންޓް/ މެރައިން ސައިންސް/ މެރައިން ބަޔޮލަޖީ/ އެންވަޔަރަންމަންޓް ސައިންސް/ އެންވަޔަރަންމަންޓް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައްޔާއި، ތަރައްޤީކުރެވެމުންދާ ތަންތަނުގައި އިމާރާތްކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކާއި، އެހެނިހެން ލިޔެކިޔުންތައް ޗެކުކޮށް، ބޭނުންވާ ހުއްދަތައް ދޫކުރުމާއި، މިކަމާ ގުޅޭ ކަންތައްތަކުގައި އިދާރީގޮތުން އެހީތެރިވެދިނުން.
  • ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކާއި، ފެންވަރު މަތިކުރުމުގެ މަޝްރޫޢުތަކާބެހޭ ރިކޯޑް ބެލެހެއްޓުން.
  • ޓޫރިސްޓް ރިޒޯޓުތަކުގައި ތިމާވެއްޓާ ގުޅޭ އެކިއެކި ކަންތައްތައް ހިނގަނީ ކަނޑައެޅިފައިވާ ފެންވަރަށް އަދި ކަމާ ގުޅުންހުރި ގަވާޢިދުތަކުގައިވާ ގޮތަށްތޯ ބެލުން.
  • ތިމާވެއްޓާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާއި، ސަރުކާރުގެ ފަރާތްތަކުންނާއި، އަމިއްލަ ފަރާތްތަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކާއި ވޯކްޝޮޕްފަދަ ކަންކަމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވުން.
  • ރާއްޖޭގެ ޓޫރިޒަމް ތަރައްޤީކޮށް ދެމެހެއްޓެނިވިގޮތުގައި ކުރިޔަށްގެންދިޔުމަށްޓަކައި ކުރެވޭ ތިމާވެއްޓާބެހޭ ދިރާސާތަކާއި މަޢުލޫމާތު އެއްކުރުމުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • ޓޫރިޒަމް ފެސިލިޓީތައް ތަރައްޤީކުރެވޭއިރު ރާވަންޖެހޭ އިންސްޕްކްޝަންތައް ރާވައި، އިންސްޕެކްޝަންތައް ކުރުމާއި، ރިޕޯޓް ތައްޔާރުކުރުން.
  • ރިޒޯޓްތަކުގެ ލޭންޑް އޭރިޔާއާ ބެހޭގޮތުން ކުރަންޖެހޭ ސަރވޭތަކާ ގުޅޭކޮތުން ކުރަންޖެހޭ މަސައްކަތް ބެލެހެއްޓުން.
  • ރޓޫރިޒަމްގެ މަޝްރޫޢުތަކުގެ ތިމާވެއްޓާބެހޭ ދިރާސާތައް ބަލަހައްޓައި، އެކަމާ ގުޅޭ މުޢާމަލާތްތައް ކުރުން.
  • ސެކްޝަނަށް އަންނަ ސިޓީތަކަށް، ވެރިއެއްގެ އިރުސާދުގެދަށުން ޖަވާބުދީ، އޭގެ ލިޔެކިޔުންތައް ބެލެހެއްޓުން.

އުޖޫރައާއި ޢިނާޔަތްތައް:

މުސާރައާއި، ސަރވިސް އެލަވަންސާއި، ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސް.

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ޑޭޓާ އެންޓްރީ ނުވަތަ ތަފާސްހިސާބުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރ (މައިކްރޮސޮފްޓް އޮފީސް ޕެކޭޖް) ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.
  3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.
  6. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

(ނޯޓް: މި ވަޒީފާގެ މުއްދަތަކީ، ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން މޭ 2016 ގެ ނިޔަލަށެވެ.)

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން (www.tourism.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  6.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް (މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން  މި  ފޯމު  ޑައުންލޯޑް  ކުރެވެން  ވެސް  ހުންނާނެއެވެ.)  ފުރިހަމަކުރުމަށްފަހު،  ފޯމާއެކު  ހުށަހަޅަންޖެހޭ ލިޔުންތަކާއެކު،  2015  ނޮވެންބަރު  19  ވާ  ބުރާސްފަތި  ދުވަހު  14:00  ގެ  ކުރިން  މި  މިނިސްޓްރީއަށް  (ވެލާނާގޭގެ 5 ވަނަ ފަންގިފިލަޔަށް) ހުށަހެޅުން އެދެން.

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރުން ހަމަޖެހިފައިވަނީ، ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި މި މިނިސްޓްރީގެ މީޓިންގ ރޫމުގައެވެ.
  • މަޢުލޫމާތު ހޯދުމަށް ގުޅާނީ،  3022200 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3322512 އެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން، އިންޓަވިއުއަށް އަންނަންވީ ވަގުތު އެންގޭނެއެވެ.

22 މުޙައްރަމް 1437

04 ނޮވެންބަރު 2015
ހޯދާ