ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ކޯސްތައް

އިޢުލާން

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކެއްގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށްޓާނީ 12 ނޮވެމްބަރ 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަން

ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އޮނަރސް)

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 60 (ޖުމްލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ.މާލެ- ބްލޮކްމޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ.ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ.އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން.

 

ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން) އޮނަރސް

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 60 (ޖުމްލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ.މާލެ- ބްލޮކްމޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ.ކިޔަވައި ދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ.އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖްރިބާ ލިބިފައިވުން.

 

ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ)

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 60 (ޖުމްލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ.މާލެ- ބްލޮކްމޯޑު

 ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން، 3 މާއްދާއިން ފާސްވެފައިވުމާއިއެކު ދިވެހިން ދަށްވެގެން “ބީ” ގްރޭޑް ލިބިފައިވުން. ނުވަތަ

ށ.ބެޗްލަރ އޮފް އެޑިޔުކޭޝަން ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ.ޚާއްޞަވާން އެދޭ މާއްދާ ކިޔަވާދިނުމުގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ސަނަދެއް އޮތުމާއިކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ

ރ.ކިޔަވައި ދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޚާއްޞަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖްރިބާ ލިބިފައިވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖްރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއި އެކު ހުށަހަޅަންވާނެއެވެ.

05 ނޮވެންބަރު 2015
ހޯދާ