ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތްތައް ހޯދުން

ތ. ބުރުނީ ސްޕޯޓް އެރީނާ އަޅާ ބިމުގައިހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުން

ބުރުނީގައި ސްޕޯޓް އެރީނާ އެޅުމަށް ދޫކޮށްފައިވާ ބިމުގައި 1 ން 156 އަށް ނޫކުލައިގެ ސްޕްރޭއިން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ރުއްތަކުގެ ވެރިފަރާތްތަކުން 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދު ކުރުމުގެ ކުރިން، ރުކުގައި ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ލިޔުމަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. އަދި މިމުއްދަތުގެ ތެރޭގައި ވެރިފަރާތެއް ނުވާ ރުއްގަހަކީ ރައްޔިތުންގެ ރުއްގަސްކަމުގައި ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 މުޙައްރަމް 1437

02 ނޮވެންބަރު 2015
ހޯދާ