ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
2016 ވަނަ އަހަރު ގްރޭޑް 1 އަށް ކުދިން ވެއްދުމާބެހޭ

2016 ވަނަ އަހަރު މި ސްކޫލުގެ ގްރޭޑް 1 އަށް ކުދިން ވެއްދުމުގެ ފުރުޞަތު 05 ނޮވެންބަރު 2015 އިން ފެށިގެން 12 ނޮވެންބަރު 2015 އަށް ވަނީ ހުޅުވާލެވިފައެވެ. ސްކޫލަށް ވެއްދުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ފެށިގެން 14:00 އަށެވެ.

މިސްކޫލުގެ ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމުގެ އުސޫލް

ހ- ގްރޭޑް 1 އަށް ދަރިވަރަކަށް ވަދެވޭނީ 2016 ވަނަ އަހަރުގެ ޖަނަވަރީ 1 އަށް އުމުރުން 6 އަހަރު ފުރި 7 އަހަރު ނުފުރޭ ކުދިންނަށެވެ. ނަމަވެސް 2016 ވަނަ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 6 އަހަރު ފުރޭ ކުދިންނަށް ތީރީގައިވާ ގޮތުގެ މަތިން ގްރޭޑް 1 އަށް ވަނުމުގެ ފުރުޞަތު ދެވިދާނެއެވެ.

   1- ދަރިވަރަކީ ފާއިތުވި 2 އަހަރު ޕްރީ ސްކޫލުގެ ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތު ޕްރޮގްރާމެއްގައި ބައިވެރިވެފައިވާ އަދި ނިމިގެންދިޔަ އަހަރު ޔޫ.ކޭ.ޖީ ނުވަތަ އެފެންވަރުގެ ޕްރޮގްރާމެއް ފުރިހަމަކޮށް، އެމަރުޙަލާގައި ހާސިލުކުރަންޖެހޭ މިންވަރަށް ތަޢުލީމާއި ތަރުބިއްޔަތާއި ހުނަރު ލިބިފައިވާ ކުއްޖަކަށް ވާންވާނެއެވެ.

   2- ގްރޭޑް 1 އަށް ވަންނަން އެދޭ ކުއްޖާއަށް ޔޫ.ކޭ.ޖީ މަރުޙަލާގައި ކިޔަވައިދިން ޓީޗަރުގެ ފަރާތުން ނުވަތަ އޭނާ ކިޔެވި ޕްރީސްކޫލުން އެ ދަރިވަރަކީ ގްރޭޑް 1 ގެ މަރުޙަލާގައި ކިޔެވުން ކުރިއަށްގެންދިއުމުގެ ޤާބިލުކަންހުރި ދަރިވަރެއްކަން ބަޔާންކުރާ ލިޔުމެއް ސްކޫލަށް ހުށަހަޅަންވާނެއެވެ.

   3- އުމުރު ހަގުކޮށް ގްރޭޑް 1 އަށް ވައްދާ ދަރިވަރަކު އެއަހަރުގެ ކިޔެވުން ނިމޭއިރު އެގްރޭޑްގައި ހާސިލުކުރަންޖެހޭ މިންވަރު ހާސިލުނުވުމުގެ ސަބަބުން ގްރޭޑް 2 ގެ ކިޔެވުން ކުރިއަށްގެންދިއުމަށް ދަތިވާނެކަމަށް ސްކޫލަށް ފާހަގަކުރެވިއްޖެ ޙާލަތެއްގައި ދަރިވަރަށް އެންމެ ފައިދާހުރި ގޮތަކީ ގްރޭޑް 1 ގައި އިތުރު އަހަރަކު ތަކުރާރުކުރުންކަމުގައި ޕްރިންސިޕަލަށް ޤަބޫލުކުރެވޭނަމަ ދަރިވަރު އެގްރޭޑްގައި ތަކުރާރު ކުރެވިދާނެއެވެ. މިކަން މިގޮތަށް ހަމަޖެއްސުމުގައި ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމަށް އެއްބަސްވެ ލިޔުމަކުން އެކަން ސްކޫލަށް ކުއްޖާ ވައްދާއިރު ހުށަހަޅަންވާނެއެވެ.

ށ- ގްރޭޑް 1 އަށް ވައްދާ ކޮންމެ ކުއްޖަކީ އެކުދިން ފުރިހަމަކުރަންޖެހޭ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ، ކަނޑައެޅިފައިވާ އުމުރުފުރާއަށްފެތޭ ކުދިންނަށް ވާންވާނެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސަރކިއުލަރ 2012/06 (04 ޑިސެންބަރު 2012) " ސަރުކާރު ސްކޫލްތަކަށް ކުދިން ވެއްދުމާއި އެއްސްކޫލުން އަނެއްސްކޫލަށް ކުދިން ވެއްދުމުގެ އުސޫލު 2012" ސްކޫލުގެ ނޯޓިސްބޯޑުގައި ބެހެއްޓިފައިވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

04 ނޮވެންބަރު 2015
ހޯދާ