ދިވެހިރާއްޖެ
މިއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑް (މިފްކޯ) ގެ ފަރާތުން ތ. ގުރައިދޫގައި ޤާއިމްކޮށްފައިވާ އައިސްޕްލާންޓްގެ ޢިމާރާތް ރޫޅާލާ ޅ.ފެލިވަރަށް ގެންދިއުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. އައިސްޕްލާންޓްގެ ޢިމާރާތް ރޫޅާލުމުގެ މަސައްކަތް ކުރާނީ މިކްފޯއިން ކަނޑައަޅާފައިވާ ސުޕަވައިޒަރެއްގެ ބެލުމުގެދަށުންނެވެ.
އިތުރު މައުލޫމާތު:
| ބީލަން ރިފަރެންސް: | 134-PRO/I/2025/232 |
| އާރް.އެފް.ޕީ ތާރީޚް: | 26-11-2025 |
| ކްލެރިފިކޭޝަން ޑެޑްލައިން: | 02 ޑިސެންބަރު 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކޮށްގެން |
| ބީލަން ކަރުދާސް ހުޅުވުމުގެ ބައްދަލުވުމުގައި ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހުގެ ތާރީޚް: | 04 ޑިސެންބަރު 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކޮށްގެން |
| ޕްރޮޕޯސަލް ހުށައެޅުމުގެ އެންމެ ފަހުގެ ތަރީޚް: | 04 ޑިސެންބަރު 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކޮށްގެން |
| ބީލަން ހުޅުވާ ތާރީޚާއި ގަޑި: | 04 ޑިސެންބަރު 14:00 |
| ބީލަން ކަރުދާސް ހުށައަޅަން ޖެހޭ އީ-މެއިލް | [email protected] |
| ބީލަން ކަރުދާސް ހުޅުވުމުގެ މީޓިންގް | މައިކްރޮސޮޕްޓް ޓީމްސް މެދުވެރިކޮށް (އޮންލައިން) |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް އަމަލުކުރެއްވުނެ އެދެމެވެ. ބީލަން ހުޅުވުމުގެ ބައަދަލުވުމުގައި ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ ނަން
- ނަމާއި ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
ނޯޓް: ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި [email protected] އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވެމެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.
26 ޑިސެންބަރު 2025
