މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ރިވިއުކުރުމާ ގުޅޭ

   ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ޙާލަތްތަކުން ޙާލަތެއް ބަދަލުވެފައިވާ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހެޅުމަށާއި ފޯމު ހުށަނާޅާ ފަރާތްތައް ދަފުތަރުން އުނިކުރެވޭނެކަން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންވަނީ އަންގާފައެވެ.

  • ދަފްތަރުގައި ރަޖިސްޓްރީވީ ފަހުން އަނބިދަރީންގެ އަދަދަށް ބަދަލު އައުން
  • ޢާއިލާގެ މުޅި އާމްދަނީ އިތުރުވެދާނެފަދަ ޙާލަތެއް މެދުވެރިވުން
  • ދަފްތަރުގައި ހިމެނޭ އެއްވެސް ފަރާތެއް ނިޔާވުން
  • ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުވުން
  • ދަފްތަރުގައި ހިމެނޭ ފަރާތެއްގެ އާމްދަނީއަށް އިތުރުވުމެއް އައުން
  • ދަފްތަރުގައި ހިމެނޭ ފަރާތަކަށް ވަޒީފާއެއް ލިބުން
  • ދަފްތަރުގައި ހިމެނޭ ފަރާތެއް ކައިވެނިކުރުން ނުވަތަ ވަރި / ކައިވެނީގެ ހާލަތަށް އެއްވެސް ބަދަލެއް އައުން

   ވީމާ، ޙާލަތު ދެނެގަންނަ ފޯމު 2025 ނޮވެމްބަރ 26 ވަނަ ދުވަހުން ފެށިގެން ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެ ވާހަކަ ދަންނަވެމެވެ. ފޯމު ބަލައިގަތުން 2025 ނޮވެމްބަރ 26 އިން 2025 ނޮވެމްބަރ 30 ވަނަ ދުވަހުގެ އޮފީސް ބަންދުވުމާއި ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ އަންގާ އިޢުލާނު ކުރަމެވެ. އަދި މި މުއްދަތުގެ ފަހުންވެސް އެއްވެސް ފަރާތެއްގެ ޙާލަތަށް ބަދަލެއް އަތުވެއްޖެނަމަ ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

26 ނޮވެންބަރު 2025
ހޯދާ