މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީއިން ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމަކާއި ގުޅޭ

                 ދަނޑުވެރިކަމާއި   ދިރޭތަކެއްޗާއި ބެހޭ  ވުޒާރާގެ  ނަންބަރު 429-HR/CIR/2025/11 25   ނޮވެމްބަރ 2025 ސަރކިއުލަރ އިން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ " ވެޖެޓަބަލް ޕްރޮޑަކްޝަން ޓެކްނޮލޮޖީ ފޮރ ލައިވްލިހުޑް އިމްޕްރޫވްމަންޓް އޮފް ސްމޯލް ސްކޭލް ފާރމަރސް  18 ފެބްރުވަރީ 2026 ން 15 އޮކްޓޯބަރ 2026 ޖަޕާން" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ވަނީ އަންގަވާފައެވެ.  އަދި  އަތޮޅުތަކުން ބޭފުޅަކު މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިކުރުމަށް ވުޒާރާއިން ނިންމާފައިވާތީ މިރަށުން މި ތަމްރީންގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިކަންހުރި ޝަރުތު ހަމަވާ ފަރާތްތަކުން މި އިއުލާނާއެކު އެއްހީރާސްކޮށްފައިވާ  އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު [email protected] އީމެއިލްއަށް  30 ނޮވެމްބަރ 2025  ވަނަ ދުވަހުގެ 12:00ގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި އެކު  އެޕްލިކޭޝަން ފޯމް ފޮނުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

1-އެޕްލިކޭޝަން ފޯމް ( ޓައިޕްކޮށްފައިވާ )

2- އެނެކްސް 01 ، ހެލްތް ސަރޓިފިކެޓް

3- އެނެކްސް 02 ، ކޮއެޝެނިއަރ

 މި އިއުލާނާއެކު ހުރިހާ ލިޔުންތަކެއް އެއްހީރާސް ކުރެވިފައިވާނެއެވެ.

                 ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

26 ނޮވެންބަރު 2025
ހޯދާ