ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮއި ކުރެންދޫ މަސްރޭސް 2025

ލޮއި ކުރެންދޫ މަސްރޭސް 2025

 

 

މިއިދާރާގެ ފަރާތުން "ލޮއި ކުރެންދޫ މަސްރޭސް 2025" ގެ ނަމުގައި މިއަހަރު ޑިސެންބަރު މަހުގެ 11 ވާ ބުރާސްފަތި ދުވަހު މަސްރޭހެއް

ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ މިއަހަރުގެ މަސްވެރިންގެ ދުވަހާއި ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުވައިލެވިފައިވާ  މުބާރާތެކެވެ.

 

މުބާރާތުގެ ވަނަތައް

މުބާރާތުގެ ވަނަތައް ހޮވާނީ އެންމެ ގިނަ މާރކްސް ލިބޭ ތަރުތީބުންނެވެ.  

އެއްވަނަ ހޯދާ ޓީމަށް 7,000/- ރުފިޔާ

ދެވަނަ ހޯދާ ޓީމަށް 5,000/- ރުފިޔާ     

ތިންވަނަ ހޯދާ ޓީމަށް 3,000/- ރުފިޔާ

 

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު 04 ޑިސެންބަރު 2025ވާ ބުރާސްފަތި

ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް އަދި ޤަވާއިދު ގެޒެޓް ލިންކުގައި

އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް، ޔޫތު އެސޯސިއޭޓް، އަލްފާޟިލް އަޙްމަދު ޢަބްދުﷲ، 7908642 ނަމްބަރަށް ގުޅުއްވުން

އެދެމެވެ.

24 ނޮވެންބަރު 2025
ހޯދާ