ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫސިޓީގެ ރަށްވެހިކަމުން އުނިވާ ފަރާތްތަކުން ދައްކަންޖެހޭ އިދާރީފީގެ ޢަދަދު ބަދަލުވުން.

އިޢުލާން

ތިނަދޫސިޓީގެ ރަށްވެހިކަމުން އުނިވާ ފަރާތްތަކުން ދައްކަންޖެހޭ އިދާރީފީގެ ޢަދަދު ބަދަލުވުން.

ތިނަދޫ ސިޓީގެ އާބާދީ ހިފެހެއްޓުމުގެ މަޤްޞަދުގައި، ރަށްވެހިކަމުން އުނިވާ ފަރާތްތަކުގެ އަތުން 5000 ރުފިޔާގެ ފީއެއް ނެގުމަށް ކައުންސިލުން ފާސްކޮށްފައިވާ ނިންމުމާއި ގުޅޭ އިޖުރާޢަތުތައް ފުރިހަމަ ނުކޮށް ފީ ނަގަމުންދާ ކަމަށާއި އެކަން އިޞްލާޙުކޮށް އިޖުރާޢަތުތައް ފުރިހަމަ ކުރުމަށް އަންގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު 221-CCS/415/2025/13 (09 ޖުލައި 2025) ސިޓީން ލަފާދެއްވާފައިވާތީ، ކައުންސިލްގެ ނަންބަރު 415/415/2025/25(NINMUN) ނިންމުމާއެކު 5000 ރުފިޔާގެ ފީ ނެގުން ހުއްޓާލައި، ފީ ނެގުމާއި ގުޅޭ އިޖުރާޢަތުތައް ފުރިހަމަ ކުރުމުގެ ގޮތުން 415/415/2025/164(IUL) ނަންބަރު އިޢުލާނު މެދުވެރިކޮށް، 10 އޮގަސްޓް 2025 ވަނަ ދުވަހުގެ 10:00 ގައި ރައްޔިތުންނާއެކު ބޭއްވުނު ބައްދަލުވުމުގައި، ރަށްވެހިކަމުން އުނިކުރުމުގެ ފީގެ ގޮތުގައި ނަގާނެ ޢަދަދުތަކުގެ ގޮތުގައި 0 އިން ފެށިގެން 5000 ރުފިޔާއާއި ދެމެދު ފީ ހިމެނޭ ގޮތަށް އިޚްތިޔާރު ދެވިފައިވާ ގޫގުލް ފޯމެއް މެދުވެރިކޮށް، ރައްޔިތުންގެ ޚިޔާލަށް މި މައްސަލަ ހުށަހެޅުނު ހިނދު، 5000 (ފަސްހާސް) ރުފިޔާގެ ފީއެއް ނެގުމަށް ފެންނަ ކަމަށް ބައްދަލުވުމުގައި ބައިވެރިވި މެޖޯރިޓީ  ރައްޔިތުން ޚިޔާލު ދީފައިވާތީ، ރައްޔިތުންގެ އެދުމާއި އެއްގޮތްވާ ގޮތުގެ މަތިން، ތިނަދޫސިޓީގެ ރަށްވެހިކަމުން ވަކިވާން އެދޭ ފަރާތްތަކުން އިދާރީ ޚިދުމަތުގެ ފީއެއްގެ ގޮތުގައި 5000 (ފަސްހާސް ރުފިޔާ) ނެގުމަށާއި، 415/415/2025/25(NINMUN) ނަންބަރު ނިންމުން ބާޠިލް ކުރުމަށް 16 ނޮވެމްބަރ 2025 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 204 ވަނަ ރަސްމީ ބައްދަލުވުމުން ފާސްކޮށްފައިވެއެވެ.

ވީމާ، 16 ނޮވެމްބަރު 2025 އިން ފެށިގެން ތިނަދޫސިޓީގެ ރަށްވެހިކަމުން އުނިކުރަން އެދޭ ފަރާތްތަކުން އިދާރީ ފީއެއްގެ ގޮތުގައި 5000 (ފަސްހާސް) ރުފިޔާގެ ފީއެއް ނަގަން ހަމަޖެހިފައިވާ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.  

26 ނޮވެންބަރު 2025
ހޯދާ