ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑުގެ ވަށާފާރު ރާނައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހޯދުން

ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ރަތަފަންދޫގައި ޤާއިމުކުރެވޭ 100x153 ފޫޓުގެ ފުޓްސެލްދަނޑުގެ ވަށާފާރު ރާނައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 1:00 އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެވާހަކަ ހަނދުމަފުޅުކޮށް އެރުވީމެވެ.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

1. ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ

2. ކޮމްޕެނީ ޕްރޮފައިލް

3. އަމިއްލަ ފަރާތަކުންނަމަ އައީޑީ ކާޑުގެ ކޮޕީ

މިއިދާރާއިން ބަލާނެ ކަންތައްތައް

  1. ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
  2. ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

  1. އަގުހުށަހަޅަންޖެހޭނީ ޖުމްލަ އަގުގެ އިތުރުން ވަކިން އަގު އެނގޭގޮތަށެވެ.
  2. މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

އަގު

70%

  • ޚިދުމަތުގެ އަގަށް ދެވޭ މާކްސް
  • މި މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

މަސައްކަތް ނިންމާ މުއްދަތަށް

20%

  • މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް
  • މި މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

ތަޖުރިބާ

10%

  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮފައިލްގައި ފާއިތުވެދިޔަތަނުގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗްމާކު ކަމަށް ބަލައިގެން ހުށަހަޅާފައިވާ ޑޮކިޔުމަންޓްތަކުގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެގިނަ ހެކި ހުށަހަޅާފައިވާ ފަރާތަށެވެ. 

22 މުޙައްރަމް 1437

04 ނޮވެންބަރު 2015
ހޯދާ