ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭ

އިޢުލާން

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

   

2026 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ޑިސެމްބަރ 01 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

https://forms.gle/Vz2ZLkdkQLRASgkPA

  1. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2025 ޑިސެމްބަރ 02 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  2. މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ޑިސެމްބަރ 04 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ، ހަމައެކަނި ރަޖިސްޓްރީ ކުރައްވާ ފަރާތްތައް ކަމުގައިވެސް ދަންނަވަމެވެ.
  3. ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 08 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނައިވާދޫ ސްކޫލް / ހދ. ނައިވާދޫ

ފޯން: 6520537، އީ-މެއިލް: [email protected]

25 ނޮވެންބަރު 2025
ހޯދާ