ދިވެހިރާއްޖެ
އައްޑޫ ހައި ސްކޫލްގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
1. އައްޑޫ ހައި ސްކޫލްގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 25 ނޮވެމްބަރ 2025 އިން 04 ޑިސެމްބަރ 2025 ގެ ނިޔަލަށް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރާ ފަރާތުގެ އީމެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތަކަށް، މީބީލަމާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގ އަދި ބީލަން ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
4. މިޕްރޮކިއުމެންޓް އާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 03 ވާ ބުދަ ދުވަހުގެ ކުރިން މިއިޢުލާނުގެ 07 ވަނަ އެޑްރެހުގައި ވާ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.
5. މިބީލަމާއި ގުޅޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 7 ޑިސެމްބަރ 2025 ވާ އާދީއްތަދުވަހުގެ 11:00 ގައި އައްޑޫ ހައިސް ސްކޫލް ސެމިނަރރޫމްގައެވެ.
6. ބީލަން ހުށަހެޅުވުން އޮންނާނީ 10 ޑިސެމްބަރ 2025 ވާ ބުދަދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލް ސެމިނަރރޫމްގައެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
7. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓް ސެކްޝަން
އައްޑޫ ހައި ސްކޫލް
ހިތަދޫ،އައްޑޫ
ފޯން: 6885796
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
05 ޖުމާދަލްއާޚިރާ 1447
25 ނޮވެމްބަރ 2025
