ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ދަރިވަރުންގެ ފާޚާނާ ބްލޮކާއި ސޭފްޓީރޫމް މަރާމާތުކޮށްދެއްވާނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ދަރިވަރުންގެ ފާޚާނާ ބްލޮކާއި ސޭފްޓީރޫމް މަރާމާތުކޮށްދެއްވާނެ ފަރާތެއް ހޯދުން.       

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ދަރިވަރުންގެ ފާޚާނާ ބްލޮކާއި ސޭފްޓީރޫމް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިކަމަށް އެދި ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކަން ކުރެއްވުމަށް ހުށަހެޅުއްވޭނީ މިކަމާ ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެލައްވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 12:30ގައި މި ސްކޫލުގައެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މި މަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 12:30ގައި މި ސްކޫލުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ދަރިވަރުންގެ ފާޚާނާ ބްލޮކާއި ސޭފްޓީރޫމް މަރާމާތު ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބިޑް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފުސީލު

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

65%

  • ހުށަހަޅާ އަގަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށް.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

15%
  • މަސައްކަތް ނިންމުމަށް ބޭނުންކުރާ މުއްދަތު
  • މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތުގެ ތެރެއިން އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތުގެ މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަށް.

(Bench Mark / Duration) x Allocated Percentage

މާލީ ޤާބިލުކަން

10%

ހުށަހަޅާ ބީލަމުގެ ވެލިޔުގެ މަދުވެގެން %50 އެއްވަރުގެ ޤާބިލުކަން ހުރިނަމަ 10 ޕޮއިންޓް، %40 އެއްވަރުގެ ޤާބިލުކަން ހުރިނަމަ 7 ޕޮއިންޓް، %30 އެއްވަރުގެ ޤާބިލުކަން ހުރިނަމަ 04 ޕޮއިންޓް، %30 އެއްވަރު ޤާބިލުކަން ނެތްނަމަ އެއްވެސް ޕޮއިންޓެއް ނުލިބޭނެއެވެ.

ތަޖުރިބާ

10%

މަސައްކަތް ނިންމިކަން ކަށަވަރުކޮށްދޭ ރިފަރެންސް ސިޓީ ފަދަ ލިޔުމަށް ބަލައި، ޖޫރިމަނާއެއްނެތި ނިންމާފައިވާ (ކުރިމަތިލާފަދަ) ކޮންމެ ޕްރޮޖެކްޓަކަށް 3 ޕޮއިންޓް (ގިނަވެގެން ލިބޭނީ 10 ޕޮއިންޓް)

  1. ބިޑް އިވެލުއޭޓް ކުރާނީ މި ސްކޫލުގެ ފަރާތުން އެކުލަވާލެވޭ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޝަރުޠު ފުރިހަމަވާ އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި މަސައްކަތް ހަވާލުކުރެވޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެނގޭނެއެވެ.
  3. ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް އޮތްނަމަ ސިޓީއަކުން ސްކޫލަށް ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާނަމަ، މި ސްކޫލުގެ ނަންބަރު 7952916 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނުކުރަމެވެ.

01 ނޮވެންބަރު 2015
ހޯދާ