ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ވަންދޫ ޓީމް ސްޕޮންސަރކުރުމަށް ހުޅުވާލުން

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވަންދޫ ފުޓްސަލް ޓީމު ބައިވެރިވެ ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ވަންދޫ ތަމްސީލުކުރާ ޓީމު ސްޕޮންސަރކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ އީމެއިލް [email protected] އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 6780041 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

25 ނޮވެންބަރު 2025
ހޯދާ