އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަނަށް ބޭނުންވާ ފޮރެންސިކް ޓޫލްކިޓާއި ޓޫލްކިޓްގެ ސޮފްޓްވެއަރ، ފޮރެންސިކް ލެޕްޓޮޕް، ކިޔު.ޑީ.އީ ވޯކް ސްޓޭޝަން، ފިންގަރ ޕްރިންޓް އެނަލިސިސް ވޯކް ސްޓޭޝަން އަދި ހައި-ރިޒޮލިއުޝަން ކެމެރާ ކޮމިޝަނުގެ ސްޕެސިފިކޭޝަނާ އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ!

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

ތިރީގައި ކެޓަގަރައިޒް ކޮށްފައިވާ މި ކޮމިޝަނަށް ބޭނުންވާ ތަކެތި މި ކޮމިޝަނުގެ ސްޕެސިފިކޭޝަނާ އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ކެޓެގަރީ 1: ފޮރެންސިކް ޓޫލްކިޓާއި ޓޫލްކިޓްގެ ސޮފްޓްވެއަރ.
  • ކެޓެގަރީ 2: ފޮރެންސިކް ލެޕްޓޮޕް (އަލްޓްރާ ކިޓާ އެކު).
  • ކެޓެގަރީ 3: ކިޔު.ޑީ.އީ ވޯކް ސްޓޭޝަން.
  • ކެޓެގަރީ 4: ފިންގަރ ޕްރިންޓް އެނަލިސިސް ވޯކް ސްޓޭޝަން (ލައިސަންސް އާ އެކު).
  • ކެޓެގަރީ 5: ހައި-ރިޒޮލިއުޝަން ކެމެރާ (ފޮޓޯއާއި ވީޑިއޯ).

 

ވީމާ، ދެންނެވިފައިވާ ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޑިސެންބަރު 4 ވާ ބުރާސްފަތި ދުވަހުގެ 09:00ށް މި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރުގެ 07 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމާ ގުޅޭ މަޢުލޫމާތު ޝީޓާއި، ސްޕެސިފިކޭޝަން މި އިޢުލާނާ އެއްހީރާސްކޮށްފައި ވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައި ވާ ގޮތަށެވެ.

 

4 ޖުމާދަލްއާޚިރާ 1447

24 ނޮވެންބަރު 2025

24 ނޮވެންބަރު 2025
ހޯދާ