ދިވެހިރާއްޖެ
މަޤާމު: މެއިންޓެނަންސް އޮފިސަރ ގރ.1
|
1 |
ބޭނުންވާ އަދަދު: |
|
ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕްރޮޖެކްޓް ޑިޕާރޓްމަންޓް / ގްރޭޓަރ މާލެ އޭރިއާ |
މަސައްކަތްކުރަންޖެހޭ ތަން: |
|
11,900.00ރ އާއި 13،900.00ރ ދެމެދު އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ ޕެންޝަން : ވަޒީފާއާއި ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ |
މުސާރައާއި އިނާޔަތްތައް: |
|
ޖީ.ސީ.އީ އޯލެވެލް އިން މަދުވެގެން 03 މާއްދާއިން ފާސްވެފައިވުން ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު އެއްއަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ވަޒީފާއަށް ފަރުވާތެރި، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން |
ފެންވަރު ނުވަތަ ޝަރުޠު |
|
- ތަނުގެ އިމާރާތްތަކާއި، ފާހާނަތަކާއި، ފަރުނީޗަރުތަކަށް ވާ ގެއްލުންތައް ބަލާ، މެއިންޓަނަންސް ޝެޑިއުލެއް ހަދާ، އެޝެޑިއުލް އާއި އެއްގޮތަށް ސަޕޯޓް ސްޓާފުންނާއެކު އަމަލީގޮތުން މަސައްކަތް ކުރުން. - ތެދުއުއިވަޑާމުގެ މަސައްކަތް ފުރިހަމަޔަށް އެނގުމާއެކު މަރާމާތުގެ މަސައްކަތް ކުރެވޭފަދަ ސިއްހީ ހާލަތު ތަންދޭ ފަރާތަކަށްވުން. - ތަނުގެ އެއަރކޮންޑިޝަންތައް ސާފުކޮށް ބެލެހެއްޓުމަށް ޝެޑިއުލެއް ހަދާ، އެ ޝެޑިއުލް އާއި އެއްގޮތަށް ކަންކަން ރާވާ މަސައްކަތް ކުރުން. - ކުރެވޭ މަސައްކަތްތައް ލޮގް ކުރަން ދިވެހި ބަހުންނާއި އިގިރޭސިބަހުން އެނގުން. - މެއިންޓަނަންސް މަސައްކަތަށް ބޭނުންވާ ތަކެތި ރަނގަޅު ގޮތުގައި ބެލެހެއްޓުމާއި އެތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން. - ކުންފުނީގެ ދަށުގައިވާ ހުޅުމާލެ ޔުނިޓް، ވިލިމާލެ ޔުނިޓް، މާލެ ޔުނިޓް، އަދި ހެޑްއޮފީސް އިމާރާތާއި، ފާހާނަތަކާއި، މިތަންތަން ބަލަހައްޓާ މަރާމާތުކުރުމާއި ގުޅުންހުރި މަސައްކަތްތައް (މިސާލު: އަނދާފައިހުރި ބޮކި، ހޮޅިބުރި، އެއަރކޯން ޔުނިޓް، ފެންއިސްކޫރު، ފާހާނަ ޝަވަރ، ދޮރުފަތް ކަހަލަ ތަކެތި) ކުރުން. - އިމާރާތްތަކުގެ ކަރަންޓު ވަޔަރު ކުރުމާއި ކަރަންޓު ވަޔަރިން އަށް ޖެހޭ މައްސަލަތައް ހައްލުކުރުން. - ދެވޭ އިރުޝާދާ އެއްގޮތަށް ކުންފުނީގެ އިމާރާތްތަކާއި އައުޓްލެޓް ތަކުގައިCCTV އާއި ނެޓްވޯކް ކޭބަލް އެޅުމުގެ މަސައްކަތް ކުރުމާއި ރާވާ ހިންގުން. - މެއިންޓަނަންސް ޔުނިޓްގެ ފަރާތުން ރާވާ ހިންގާ ޕްރޮޖެކްޓުތައް މޮނިޓަރކޮށް ބެލެހެއްޓުމުގައި ޑިޕާޓްމެންޓުގެ އިމީޑިއޭޓް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން. - މެއިންޓަނަންސް ޔުނިޓްގެ ފަރާތުން ރާވާ ހިންގާ މަސައްކަތްތަކުގެ ބަޖެޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި އެހީތަރިކަން ފޯރުކޮށްދިނުން. - ޑިޕާޓްމެންޓް ބަޖެޓް ހެދުމާއި އަދި ކުރެވޭ އިންޓާނަލް އޮޑިޓް ތަކާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ހެދޭ ސާރވޭތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
|
ވަޒީފާއަށް އެދޭ ފޯމު (މޯލްޑިވް ގޭސްގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. ލިންކް: https://maldivegas.com/downloads/job-application-form ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޕޮލިސްރިޕޯޓް މަސައްކަތުގެ ތަޖުރިބާ ހުރިނަމަ އެކަން ބަޔާންކުރާ ލިޔުން (މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭ ވަޒީފާއެއް ކުރިން އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިކަމުގެ ލިޔުން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނެއެވެ.) |
ހުށަހަޅަންޖެހޭ ތަކެތި: |
|
01 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން |
ސުންގަޑި: |
|
މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓު ކުރުމުގައި މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންސްތަކާއި، ހުށަހަޅަން އިސްވެދިޔަ ބަޔާންކުރެވުނު ހުށަހެޅުންތައް ފުރިހަމަނުކުރާ ފަރާތްތަކާއި، ޝަރުޠު ހަމަނުވާ ފަރާތްތަކާއި އަދި ޞައްޙަ ނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތައް ބާޠިލު ކުރެވޭނެއެވެ. އެޕްލިކޭޝަން ފޮނުވާނީ ތިރީގައި މިވާ އީމެއިލް: އިތުރު މައުލޫމާތް ސާފްކުރެއްވުމަށް މޯލްޑިވްގޭސްގެ ނަމްބަރ 3335614 އާއި ގުޅުއްވުން އެދެމެެވެ |
