ދިވެހިރާއްޖެ
ރ އަތޮޅު ކައުންސިލްގެ އަރުތަ އެވޯޑް 2025ގެ ހަފްލާއަށް ސައުންޑް، ލައިޓް އަދި ފަރިއްކޮޅު ހިމެނޭގޮތަށް މުޅި ހަފްލާ އިންތިޒާމްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.
| މުއާމަލާތް | ތާރީޚް | ގަޑި | ތަން |
| ބިޑުގައި ރެޖިސްޓަރވުން | 27 ނޮވެމްބަރ 2025 | 13:00 | [email protected] |
| ޕްރޮޕޯސަލް ހުށަހެޅުން | 07 ޑިސެމްބަރ 2025 | 10:00 | ސެމިނަރ ރޫމް - ރ އަތޮޅު ކައުންސިލް އިދާރާ |
ބިޑްރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.
ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި އަދި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580564 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
