މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުން

މިކައުންސިލުން ދެމުންގެންދާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް ޢަމަލީ އިމްތިޙާނުދޭނެ އެގްޒަމިނަރުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު

01 އެކެއް (1 ފިރިހެން)

ޝަރުތު

އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް، "A0,A1,B1,B2,C1,C2,C3,C4" ކެޓަގަރީގައި ހިމެނޭ އުޅަނދު ދުއްވުމުގެ ހުއްދަ ލިބިފައިވުން، ނުވަތަ

އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް، "A0,A1,B1,C1,C3" ކެޓަގަރީގައި ހިމެނޭ އުޅަނދު ދުއްވުމުގެ ހުއްދަ ލިބިފައިވުން، ނުވަތަ

އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް، "A0,A1,B1" ކެޓަގަރީގައި ހިމެނޭ އުޅަނދު ދުއްވުމުގެ ހުއްދަ ލިބިފައިވުން.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބުނުތާ މަދުވެގެން، 3 އަހަރު ވެފައިވުން

ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރިމީހަކަށްވުން.

ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރަމުންދާ މީހެއްކަމުގައި ނުވުމާއި، ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައިވާނަމަ، އެތަނުން ވަކިވިފަހުން 1 އަހަރުވެފައިވުން.

މަސައްކަތް ކުރަންޖެހޭތަން

މި ކައުންސިލުން ޢަމަލީ އިމްތިޙާނު ޝެޑިއުލްކުރާ ވަގުތަށް އާދެވޭނެ މީހެއްކަމުގައިވުން

ޢާންމު އުޞޫލެއްގެ ގޮތުން މަސައްކަތް އޮންނާނީ ރ. މަޑުއްވަރީގައެވެ.

އުޖޫރަ

  • ޓެސްޓް ކުރާ ކޮންމެ A1, A0 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ
  • އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ

އެޕްލިކޭޝަން ހުށަހަޅަންވީ ތަނާއި ސުންގަޑި

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

އީ-މެއިލް ކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން [email protected] މެއިލް ކުރެއްވުން އެދެން.

2025 ނޮވެންބަރު 30 ވާ އާދީއްތަ ދުވަހުގެ 14:00

ހުށަހަޅަންޖެހޭ ތަކެތި

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޑިޖިޓަލް ކޮފީ

އައިޑީކާޑުގެ ކޮޕީ

ވަނަވަރު

ޕޮލިސް ރިޕޯޓް

ތަޖުރިބާގެ ލިޔުން

އެގްޒަމިނަރުން ހޮވުމަށް ޕޮއިންޓްދިނުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާ

ޕޮއިންޓްދިނުމަށް ކަނޑައެޅިފައިވާ ގޮތް

A0

B1

B2

C1

C2

ޖުމްލަ

A0-A1

B1-B3-B4

B1-B2-B3-B4

C1-C3-C4

C1-C2-C3-C4

ލައިސަންސް / ހުއްދަ ލިބިފައިވާ ކޮންމެ އުޅަނދަކަށް

%9

%6.5

%9

%6.5

%9

%40

ލައިސަންސް / ހުއްދަ ލިބުނުފަހުން 3 އަހަރަށްވުރެ ގިނަވުން (އަހަރާއި، މަހާއި އަދި ދުވަހަށް މާކްސް ދެވޭނެ)

%7

%7

%7

%7

%7

%35

އެގްޒަމިނަރުގެ ގޮތުގައި މަސައްކަތްކޮށް ލިބިފައިވާ ތަޖްރީބާ

%5

%5

%5

%5

%5

%25

ޖުމްލަ

0

 

އެގްޒިމިނަރުންގެ މުއްދަތު

02 އަހަރު ދުވަސް (އެގްޒަމިނަރުން ހޮވުމަށް ޕޮއިންޓްދިނުމުގެ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ގިނަ ޕޮއިންޓް ލިބޭ، އެގްޒެމިނަރާއިއެކު، 2 އަހަރު ދުވަހުގެ މުއްދަތަށް އެގްރިމެންޓް ކުރެވޭނެއެވެ.)

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

24 ނޮވެންބަރު 2025
ހޯދާ