މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުމާއި މަގުމައްޗަށް ހުންނަ ގަސްތައް ކޮށުން

އިޢުލާން

 

މަގުތަކާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުމާއި މަގުމައްޗަށް ހުންނަ ގަސްތައް ކޮށުން

 ބައެއް ފަރާތްތަކުން ގޯތި ތެރޭގައި ހައްދާފައިވާ ރުއްގަހުން ގޮތްޕާއި ފަން ތިރިވެފައި ހުރުމާއި، އެކި ފަރާތްތަކުން މަގުމަތީގައި ބަހައްޓާފައިވާ ތަކެތީގެ ސަބަބުންނާއި މަގު ފާރުކައިރީގައި ގަސްހައްދާފައިވުމުން މަގު ބޭނުންކުރާ ފަރާތްތަކަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫތައް އަންނަނީ ކުރިމަތިވަމުންނެވެ.

މިގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި އަދި މަގަށްވާގޮތަށް ހުރި ރުއްގަހުން މަގަށް ނުކުމެފައިވާބައި ދުއްވާ އެއްޗިއްސަށް އުނދަގޫނުވާނެހެން 15 ފޫޓުގެ އުސްމިނަށް، 27 ނޮވެމްބަރ  2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން ކޮށުމަށް ދަންނަވަމެވެ. މަތީގައި ދެންނެވިފައިވާ ތާރީޙްގެ ފަހުން މިގޮތަށް ހުންނަ ގަސްތައް އަދި ތަކެތި ކައުންސިލްގެ ފަރާތުން ނަގާނެވާހަކަ ދެންނެވީމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

24 ނޮވެންބަރު 2025
ހޯދާ