އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންފްލެޓޭބަލް ވޯޓަރ ޕާކެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 އިންފްލެޓޭބަލް ވޯޓަރ ޕާކެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި ރަށުގައި ވޯޓަރ ޕާކެއް ހެދުމަށް ބޭނުންވާ އިންފްލެޓޭބަލް ވޯޓަރ ޕާކްގެ އިކުޕްމަންޓްސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 30 ނޮވެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް/ ބިޑް ބައްލަވާ ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމުގެ ފީއަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ. ބިޑް ރަޖިސްޓްރީ ފޯމާއެކު ފީ ދެއްކުމުން ބީލަން ފޮތް ލިބިލައްވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ،  [email protected]  މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • މި ބީލަމާއި ގުޅިގެން މައުލޫމާތު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިނުވެއެވެ. ނަމަވެސް، ބިޑް ޑޮކިއުމަންޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން މި ކައުންސިލްއަށް 04 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 12:00 ގެ ކުރިން ހުށަހަޅަންވާނެއެވެ.
  • މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 04 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 07 ޑިސެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                            29 ޖުމާދަލްއޫލާ 1447                  

20 ނޮވެންބަރު 2025                     

20 ނޮވެންބަރު 2025
ހޯދާ