އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ ގރ 2

މަޤާމް :ސީނިއަރ އެކައުންޓްސް އޮފިސަރ ގރ 2
ބޭނުންވާ އަދަދު :1

 

 

އެންޓިކޮރަޕްޝަން ކޮމިޝަން

މާލެ،

ދިވެހިރާއްޖެ

 

 

 

 

ވަޒީފާގެ ފުރުޞަތު

ތާރީޚް:

02 ޖުމާދަލްއާޚިރު 1447

23 ނޮވެންބަރު 2025

ނަންބަރު:

(IUL)123-HR/123/2025/120

މަޤާމް:

ސީނިއަރ އެކައުންޓްސް އޮފިސަރ

ކްލެސިފިކޭޝަން:

ސީނިއަރ އެކައުންޓްސް އޮފިސަރ ގރ 2

ވަޒީފާގެ ބާވަތް:

ދާއިމީ

ސެކްޝަން:

ފައިނޭންސް ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން:

އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ

މުސާރަ:

-/10000 (ދިހަ ހާސް ރުފިޔާ)

ޑެއިލީ އެލަވަންސް:

    -/230  (ދުއިސައްތަ ތިރީސް ރުފިޔާ)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ޝަރުޠު

  1. ސީނިއަރ އެކައުންޓްސް އޮފިސަރ ގްރޭޑް 01 ގެ މަޤާމުގައި 3 އަހަރު ދުވަހު އުޅެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ފާއިތުވި 3 އަހަރުގެ އެވްރެޖް 80 އިންސައްތަ އަށްވުރެ މަތިން ޕޮއިންޓް ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ފާއިތުވި އަހަރު 80 އިންސައްތައަށްވުރެ މަތިން ޕޮއިންޓް ލިބިފައިވުން. ނުވަތަ

 

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 09 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 02 އަހަރު ދުވަހު މަސައްކަތު ތަޖްރިބާ ލިބިފައިވުން. ނުވަތަ

 

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 07 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 03 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން.

 

  1. ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)

މަޤާމާއި ގުޅޭ ދާއިރާތައް:

  • އޮޑިޓިންގ
  • އެކައުންޓިންގ
  • ފައިނޭންސް

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އޮޑިޓިންގ
  • އެކައުންޓިންގ
  • ފައިނޭންސް

މައިގަނޑު މަސައްކަތް:

  1. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތަށް އޮފީހުގެ ބަޖެޓާއި ފައިސާއާބެހޭ މަސައްކަތްތައް ކުރުން
  2. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ޚަރަދު ކުރުމަށް ބޭނުންވާ ހުއްދަތައް ހޯދުމުގެ މަސައްކަތް ކުރުން
  3. ކޮމިޝަނުގެ ޕޭމެންޓް ރެޖިސްޓްރީ އާއި ބިލް ރަޖިސްޓްރީ އަދާހަމަކޮށް ބެލެހެއްޓުން
  4. ކޮމިޝަނުން ގަންނަ ތަކެއްޗާއި، ހޯދާ ޚިދުމަތްތަކާއި، ކުރުވާ މަސައްކަތްތަކާއި ގުޅޭ ބިލްތައް ލިބުމުން ޕޭމަންޓް ވައުޗަރ ރެޖިސްޓްރީ އަޕްޑޭޓްކޮށް، ސެޕް ސިސްޓަމުގައި ޕާކްކޮށް، ޕޯސްޓްކުރުމުން ބަޖެޓް ސްޓޭޓަސް ޝީޓްގައި ރެކޯޑްކުރުން
  5. މާލީ ކަންކަމާ ގުޅޭ މަސައްކަތްތައް ކުރާ އެކި މުވައްޒަފުންނަށް ދޭންޖެހޭ (ސެޕް.ބަނޑޭރި،) ރޯލްތަކަށް ރިކުއެސްޓް ކުރުން އަދި އެފަދަ ރޯލްތައް ދީފައިވާ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުން
  6. ކޮމިޝަނުންކުރާ، ރާއްޖެއިން ބޭރުގެ ދަތުރުތަކާ ގުޅިގެން ޚަރަދު ކުރުމަށް ނަގަންޖެހޭ (ބަނޑޭރި ޓްރަވެލް) ހުއްދަ، ނެގުމާއި ޕޭމަންޓް ވައުޗަރު ތައްޔާރުކޮށް ފައިސާ ނެގުމުގެ އިންތިޒާމްތައް ހަމަޖައްސައި، ދަތުރުގެ ބައިވެރިންނާ ފައިސާ ހަވާލުކުރުން، އަދި ދަތުރު ނިމުމުން އެފަރާތްތަކުގެ ފަރާތުން ދަތުރު ރިޕޯޓު ހޯދުން
  7.  ޕެޓީކޭޝް ރީއިމްބާރސްކުރުމަށް ލިބޭ ރިކުއެސްޓްތަކުގެ މަސައްކަތްތައް ކުރުން
  8. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ކަނޑައަޅާ ގޮތެއްގެ މަތިން ކޮމިޝަނުގެ މާލީ ބަޔާންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  9. އަހަރުގެ ހިސާބުތައް ނިންމުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ފޮނުވުމަށް އެދޭ  މަޢުލޫމާތު ޝީޓްތައް 'ބަނޑޭރި، ފިޔެސް' މޮޑިއުލް މެދުވެރިކޮށް ފޮނުވުން.
  10. ސެކްޝަނުގެ އިސްފަރާތުގެ އެންގުމުގެ ދަށުން، ޚަރަދު ކުރުމުގެ ގޮތުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތަކަށް ރިކުއެސްޓް ކުރުން، ކޭޝްފްލޯ މެނޭޖްކުރުން އަދި އިތުރު ބަޖެޓަށް އެދެންޖެހޭ ހާލަތްތަކުގައި އެކަމަށް ރިކުއެސްޓް ކުރުން
  11. އަހަރީ އޮޑިޓް ކުރިއަށްދާއިރު ކުރަންޖެހޭ ކަންކަން ސެކްޝަން ހިންގުމާ ޙަވާލުވެ ހުންނަ ވެރިއެއްގެ އިރުޝާދާއެކު ކުރުން
  12. ކޮމިޝަނުގެ ޓްރަސްޓް ފަންޑު ހިންގާ ކޮމިޓީގެ ސެކްރެޓޭރިއޭޓްގެ އެންމެހައި މަސައްކަތްތައް ކުރުން
  13.  ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުން ކުރާ އެންމެހައި ރަސްމީ ދަތުރުތަކުގެ ޚަރަދުތައް ކުރުން.
  14. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ ޕެޓީކޭޝްއިން ފައިސާދޫކުރުމާއި، ޕެޓީކޭޝްގެ ހިސާބުތައް ބެލެހެއްޓުން.
  15.  ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ ޚަރަދު ރިޕޯޓާއި ތިޖޫރީ ރިޕޯޓާއި އާމްދަނީ ރިޕޯޓުތަކާއި މާލީ ހިސާބުތައް އަދި އެހެނިހެން ހިސާބުތައް ނިންމައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  16. ކޮމިޝަނުގެ އަންދާސާ ބަޖެޓު ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން އިންތިޒާމުކުރާ ގޮތަކަށް، ފޮނުވުމުގެ މަސައްކަތް ކުރުން.
  17.  ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ މާލީ ހިސާބުތައް ތައްޔާރުކުރުމާއި، ކަނޑައެޅިފައިވާ މުއްދަތުތެރޭގައި ފޮނުވުމަށް ސެކްޝަން ހެޑަށް އެހީތެރިވުން.
  18. އޮފީހުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތާއި ބެހޭ ޤަވާޢިދާ އެއްގޮތަށް ކުރުމާއި އެކަމާ ބެހޭ އެންމެހާ ލިޔުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތް.
  19.  ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ބަލައިގަތުމާއި، ޖާނަލް ވައުޗަރު ތައްޔާރުކޮށް ސެޕް ސިސްޓަމުގައި ރިކޯޑު ކުރުމުގެ އިތުރުން، ކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން
  20. ދައުލަތުގެ އެހެން އިދާރާއަކަށް ފައިސާ ދައްކަން ޖެހޭނަމަ، ބަނޑޭރި އިންޓަ-އެޖެންސީ މެދުވެރިކޮށް ފައިސާ ދެއްކުމުގެ އެންމެހައި މަސައްކަތަތް ކުރުން
  21. ތައްޔާރުކުރަންޖެހޭ މަސްދުވަހުގެ ރިޕޯޓުތައް ތައްޔާރުކުރުން
  22. ކޮމިޝަނުގެ ސެކްޝަންތަކުން، ބަޖެޓް ބޭނުން ކުރަމުންދާ މިންވަރު ދެނެގަނެ، މެނޭޖްމަންޓަށް މައްލޫމާތު ދިނުމަށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރު ކުރުން
  23. ސެކްޝަނުން އެކި އިދާރާތަކަށް ނުވަތަ ފަރާތަކަށް ފޮނުވަންޖެހޭ ސިޓީ، ނުވަތަ އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތްކުރުން
  24. ސެކްޝަނަށް ލިބޭ އެންމެހައި ލިޔެކިޔުންތަކުގެ ތެރެއިން ޖަވާބުދޭންޖެހޭ ލިޔެކިޔުންތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރުން

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު

  1. ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20)
  2. މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ )
  3. ޕްރެކްޓިކަލް ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
  4. އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )

އެޕްލިކޭޝަން ސުންގަޑި:

27 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.

ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން    ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
  6. ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )

 

އިތުރު މަޢުލޫމާތު

  1. ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
  3. އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
  4. މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
  5. މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަކީ، މަސައްކަތަށް ޤާބިލު މީހެއްކަމުގައި ފެންނަނަމަ، އެ މުވައްޒަފަކާއެކު ކޮމިޝަނުން ދާއިމީ އެއްބަސްވުމެއް ހެދޭނެއެވެ.
  6. ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް  ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015217 / 3015265

އީމެއިލް: [email protected]

 

 

23 ނޮވެންބަރު 2025
ހޯދާ