މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ކުރެވިފައިވާ ލައިސަންސް ދޫކުރުމާއި ގުޅޭ

ދޮށީ އުމުރުގެ މީހުންނަށް ހާއްސަކުރެވިފައިވާ ލައިސަންސް ދޫކުރުމުގައި މި އިދާރާއިން  އަމަލުކުރާނެ ގޮތުގެ އުސޫލު 2025 ނޮވެމްބަރ 19 ވަނަ ދުވަހު ވާނީ ގެޒެޓްގައި ޝާއިއުކޮށްފައެވެ. އަދި މި ލައިސަންސްއަށް އެދޭ ފަރާތްތަކުން " ދޮށީ އުމުރުގެ މީހުންގެ ލައިސަންސް އަށް އެދޭ ފޯމް " ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުމުން  ތަމްރީން ބާއްވާނެ ދުވަސް އެފަރާތަށް އެންގޭނެއެވެ. ލައިސަންސްއަށް އެދޭ ފޯމު މިއަދުން ފެށިގެން  މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި ތަމްރީނު ބާއްވާނީ ބައިވެރިން ތިބޭ ވަރަކަށް ބެލުމަށްފަހު ކޮންމެ މީލާދީ މަހަކު އެއްފަހަރުއެވެ. ނަމަވެސް ބައިވެރިން ތިބޭ މިންވަރާއި ބައިވެރިންގެ ޚާލަތަށް ބެލުމަށްފަހު މިއަށްވުރެ އަވަސް ފުރުސަތެއްގައި ވެސް ތަމްރީނު ބޭއްވުމަށް ކައުންސިލުން ކަނޑައަޅަފި ހިނދެއްގައި ތަމްރީން ބޭއްވޭނެއެވެ.

                 ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

23 ނޮވެންބަރު 2025
ހޯދާ