އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މެރިޓައިމް ޓްރެއިނިންގް އިންސްޓިޓިއުޓްގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ނިޔަމި ކޯސް 2 ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކާއި ގުޅޭ

އިޢުލާން

 

މެރިޓައިމް ޓްރެއިނިންގް އިންސްޓިޓިއުޓްގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ނިޔަމި ކޯސް 2 ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް

          އައްޑޫސިޓީގައި ކަނޑު އުޅަނދު ދުއްވާ ފަރާތްތަކަށާއި، އަލަށް ކަނޑު އުޅަނދު ދުއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށާއި އަދި މަސްވެރިންނަށް އަމާޒުކޮށްގެން މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި އައްޑޫސިޓީ ކައުންސިލާއި ގުޅިގެން އައްޑޫސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނިޔަމި ކޯސް 2 " ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

           މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރާއި މެއިލް އެޑްރެސް 2025 ނޮވެމްބަރު 30 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް މި އިދާރާގެ (ފޯނު ނަންބަރު: 7925003) އަށް ވައިބަރ ކުރެއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓަށް [email protected] މެއިލް  ކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02 ޖުމާދަލްއާޙިރާ 1447

23 ނޮވެމްބަރު   2025

23 ނޮވެންބަރު 2025
ހޯދާ