ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭޓޫ ޝީޓް- ކައުންސިލް އެސިސްޓެންޓް (ވޭޖު)

މިއިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކައުންސިލް އެސިސްޓެންޓްގެ މަޤާމަށް މީހުން ހޯދުމަށްޓަކައި 04 ނޮވެމްބަރ 2025 ގައި މިއިދާރާއިން ކުރި، ނަންބަރ: (IUL)253-CAA/253/2025/105ގެ އިޢުލާނުގައިވާ ކައުންސިލް އެސިސްޓެންޓް ގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތަށް ޕޮއިންޓް ލިބުނު ގޮތުގެ A2 ޝީޓް މި އިޢުލާނާއެކު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ، އިޢުލާން ޢާންމުކުރާ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6500029 އާއި ގުޅުއްވުން އެދެމެވެ.

 

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 03 ޖުމާދަލްއޫލާ 1447

 23 ނޮވެމްބަރ 2025

23 ނޮވެންބަރު 2025
ހޯދާ