ދިވެހިރާއްޖެ
ނަންބަރު: (IUL)399-F/399/2025/129
ލ. ގަން ތުނޑީ އާބާދު ސަރަޙައްދުގެ ނަރުދަމާ ނިޒާމް އަޕްގްރޭޑްކުރުމުގެ މަޝްރޫއާއި ގުޅޭ.
ސުރުޚީގައި ދަންނަވާފައިވާ މަޝްރޫޢުގެ ދަށުން ނަރުދަމާގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހެއެވެ.
އިސްވެދެންނެވުނު އެޕްލިކޭޝަން ފޯމް ހުށަހެޅުމުގައްޔާއި، ބަލައިގަތުމުގައި، އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރާނީ މިކަމަށްޓަކައި މިހާރު ޢަމަލު ކުރެވެމުންދާ ޤަވާއިދު ނަންބަރު 2020/R-10 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާއާއި އެއްގޮތަށެވެ. އަދި ފީ އަކާނުލާ ފެން މީޓަރާއި ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގުޅައިދިމުގައި ޢަމަލުކުރާނީ މި ޤަވާއިދުގެ 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ. ފޯމު ބަލައިގަތުމާއި، ލިސްޓް ފައިނަލް ކުރުމުގައި، އަދި ކަނެކްޝަންގެ ޢަދަދު ނިންމުމުގައިވެސް ޢަމަލު ކުރާނީ މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
އެޕްލިކޭޝަން ފޯމު އަދި ޤަވާއިދު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 ން 13:30 މިއިދާރާގެ ކައުންޓަރުންނެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މި އިޢުލާނާއި އެޓޭޗް ކުރެވިފައިވާ ޤަވާއިދާއި އެއްގޮތަށް ނަރުދަމާގެ ޚިދުމަތަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު 23 ނޮވެމްބަރ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތަށް ހުޅުވާލެވިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
