ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ

އިޢުލާން

ޕްރީސްކޫލް ޓީޗަރުން ހޯދުމަށް:

މަޤާމް:                      ޕްރީސްކޫލް ޓީޗަރ 

ބޭނުންވާ އަދަދު:                2

ވަޒީފާއޮތް އޮފީސް:              ލ.ކުނަހަންދޫ ސްކޫލް

ގިންތި:                    ކޮންޓްރެކްޓް (1 އަހަރު)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :    ލ.ކުނަހަންދޫ ސްކޫލް /އެކަޑަމިކް ސެކްޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އެލް. ކޭ. ޖީ ، ޔޫ. ކޭ. ޖީ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ޝަރުޠު:

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

ޕްރީ ސްކޫލް އެސިސްޓަންޓް ޓީޗަރ

GS1

ޕްރީ ސްކޫލް ޓީޗަރ 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

3565/-

1500/-

ޕްރީ ސްކޫލް ޓީޗަރ

GS2

ޕްރީ ސްކޫލް ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ސެޓުފިކެޓު 2 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން

4000/-

1500/-

ޕްރީ ސްކޫލް ޓީޗަރ

GS3

ޕްރީ ސްކޫލް ޓީޗަރ 3

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު 3 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން

4465/-

1500/-

ޕްރީ ސްކޫލް ޓީޗަރ

GS4

ޕްރީ ސްކޫލް ޓީޗަރ 4

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓުފިކެޓު 4 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ސެޓުފިކެޓު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުން

5020/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS1

ޕްރީ ސްކޫލް ޓީޗަރ 5

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީވިންގ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން

5610/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS2

ޕްރީ ސްކޫލް ޓީޗަރ 6

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން

6295/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS3

ޕްރީ ސްކޫލް ޓީޗަރ 7

ޕްރީ ސްކޫލް ޓީޗިންގގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓިފިކެޓެއް ނުވަތަ ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ ޕްރީ ސްކޫލް ޓީޗަރ 6ގެ މަޤާމުގެ ޝަރުޠު ހަމަވެ އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

7035/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS4

ޕްރީ ސްކޫލް ޓީޗަރ 8

 ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު ހަމަވެއެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

7875/-

2500/-

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ފާއިތުވި އަހަރު ތަކުގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި އުޅުއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

އިންޓަރވިއު ކުރުން

ހ. (މިވަޒީފާއަށް ކުރިމަތިލައި ޝަރުޠު ހަމަވާ ފަރާތްތަކައް ބޭއްވޭ އިންޓަރވިއު މި އިޢުލާންގެ މުއްދަތު ހަމަވާތާ 1 ހަފުތާގެ ތެރޭގައި ބޭއްވޭނެއެވެ.)

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ސިވިލްސާވިސްގެ ވެބްސައިޓުންނާއި ކުނަހަންދޫ ސްކޫލު ) އިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު އަދި މުއްދަތު ހަމަނުވާ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ކުނަހަންދޫ ސްކޫލަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00ގަ އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ލ.ކުނަހަންދޫ ސްކޫލްގެ ނަންބަރު 6800744  ފޯނަށް ގުޅުއްވުން އެދެމެވެ. 

01 ނޮވެންބަރު 2015
ހޯދާ