ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ފެބުރުވަރީ/މާރިޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އޯލެވެލް އާއި އެސް.އެސް.ސީ އިމްތިޙާނުގައި މިޑިޕާޓްމަންޓްގެ ފަރާތުން ބައިވެރިވި ޕްރައިވެޓް ކެންޑިޑޭޓުންނަށް ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުން.

2026 ވަނަ އަހަރުގެ ފެބުރުވަރީ/މާރިޗުގައިގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިހާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ 2025 ނޮވެންބަރު 23 ވާ އާދީއްތަ ދުވަހުން ފެށިގެން މި ޑިޕާޓްމަންޓުގެ ކައުންޓަރުން ދޫކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ.

ސްޓޭޓްމެންޓް އޮފް އެންޓްރީ ގައި އެއްވެސް މައްސަލައެއް އޮތްނަމަ 2025 ޑިސެންބަރު 02ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން، ސާރވިސް ރިކުއެސްޓް ފޯމް ފުރިހަމަ ކުރުމަށްފަހު ކެންޑިޑޭޓުގެ އައި.ޑީ ކާޑާއި ސްޓޭޓްމެންޓް އޮފް އެންޓްރީގެ ކޮޕީއަކާއެކު މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ކައުންޓަރު ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ.

23 ނޮވެންބަރު 2025
ހޯދާ