ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ 2026 އިންތިހާބާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރިކަމުގެ ޕްރޮގްރާމްއާއި ގުޅޭ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 އާ ގުޅިގެން އަތޮޅުތަކަށް އަމާޒުކޮށްގެން އިލެކްޝަން ކޮމިޝަނުން ކުރިއަށްގެންދިއުމަށް ރާވާފައިވާ ހޭލުންތެރިކުރުމުގެ ޕްރޮގުރާމު،  2025 ނޮވެންބަރު 29 ވާ ހޮނިހިރު ދުވަހު ހއ. ކެލާގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހޭލުންތެރިކުރުމުގެ ސެޝަންގައި ބައިވެރިވުމަށް ބޭނުންވާ މުއައްސަސާތަކުގެ މުވައްޒަފުން، ޖަމްޢިއްޔާތަކުގެ މެންބަރުން، ސިޔާސީ ޕާޓީތަކުގެ މެންބަރުން، ބެލެނިވެރިން، އަލަށް ވޯޓުލެވޭ ފަރާތްތައް އަދި ޢާންމު ރައްޔިތުން ކެލާ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވާ ނަންނޯޓް ކުރުމަށް ދަންނަވަމެވެ. އަދި މީގެ އިތުރުން ބައިވެރިވުމަށް އޮންނަލައިން ފޯމް ފުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައިވެސް ދެންނެވީމެވެ.

މި ޕޮރޮގްރާމްގައި ބައިވެރިވެވެނީ ޖުމްލަ 60 ފަރާތްކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާތީ ފުރަތަމަ ނަންނޯޓްކުރާ ފަރާތްތަކަށް އިސްކަންދޭނެކަމުގައި ދެންނެވީމެވެ. ވީމާ މި ޕޮރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 24 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ނަންނޯޓް ކުރުމަށް ދަންނަވަމެވެ.

 

ފޯމު ލިންކު : https://forms.office.com/r/6HBGDUhJKK

ފޯން ނަންބަރު: 6500027

20 ނޮވެންބަރު 2025
ހޯދާ