ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޖިޓަލް ސެކިއުރިޓީ ސިސްޓަމް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ގަނެ އިންސްޓޯލްކުރަން

މި ކައުންސިލުން ކުރި ނަންބަރު: IUL)239-AHRI/239/2015/40) އިޢުލާނަށް އެކަށީގެންވާވަރަށް ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، ތިރީގައިމިވާގޮތަށް އަލުން އިޢުލާން ކުރަމެވެ.

މި ކައުންސިލްގެ އިދާރާއާއި ކައުންސިލްގެ އިދާރާގެ ގޯތީގައި ޑިޖިޓަލް ސެކިއުރިޓީ ސިސްޓަމް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ގަނެ އިންސްޓޯލްކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. އީމެއިލުން ހުށަހަޅުއްވާ އަންދާސީހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 9744459 ނުވަތަ 7909242 އާއެވެ.

23 މުޙައްރަމް 1437 

05 ނޮވެންބަރު 2015
ހޯދާ