ދިވެހިރާއްޖެ
މިއިދާރާއިން ފޯރުކޮށްދޭ ކުރެހުމާއި، މަޢުލޫމާތާއި އެއްގޮތަށް ރ އަތޮޅު ކައުންސިލް އިދާރާގެ ބާ އިމާރާތެއް ކަމަށްވާ "އާރު" އިމާރާތް މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދަން އިއުލާނުކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.
| މުއާމަލާތް | ތާރީޚް | ގަޑި | ތަން |
| ބިޑުގައި ރެޖިސްޓަރވުން | 27 ނޮވެމްބަރ 2025 | 12:00 | [email protected] |
| ޕްރޮޕޯސަލް ހުށަހެޅުން | 08 ޑިސެމްބަރ 2025 | 13:00 | ސެމިނަރ ރޫމް - ރ އަތޮޅު ކައުންސިލް އިދާރާ |
ބިޑް ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.
ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި އަދި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580564 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
________________________________________________________________
މާޅޮސްމަޑުލު އުތުރުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
މިސްކިތް މަގު, ރ. އުނގޫފާރު
ފޯން: 6580027
އީމެއިލް: [email protected]
