ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ޕޯޓްގައި ބޭނުންކުރަމުން ގެންދިޔަ ހެޗް ބާރޖް، ސިޓީލާ ނީލަމުގައި ވިއްކާލުމާއި ބެހޭ:

ކުޅުދުއްފުށީ ޕޯޓްގައި ބޭނުންކުރަމުން ގެންދިޔަ ހެޗް ބާރޖް، ސިޓީލާ ނީލަމުގައި ވިއްކާލުމާއި ބެހޭ:

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގައި ބޭނުންކުރަމުން ގެންދިޔަ ހެޗް ބާރޖް ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަން ފެށޭ އަގަކީ ޓަނެއް -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއެވެ. އަދި ހުށަހަޅާއަގަށް ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގަކީ ޓަނަކަށް -/50 (ފަންސާސް) ރުފިޔާއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާގޮތުގެ މަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުން ފެށިގެން ސިޓީލައި، ނީލަމުގައި އަގު ހުށަހެޅުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް: https://forms.gle/b9a95mnTjyiTABJg8

މައުލޫމާތު ކަރުދާސް:

ލިންކް: https://acesse.one/mYoQt

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

29 ނޮވެމްބަރ 2025 (ހޮނިހިރު)

13:00

ޕްރީ ބިޑް ބައްދަލުވުން (މަޢުލޫމާތު ސެޝަން)

27 ނޮވެމްބަރ 2025 (ބުރާސްފަތި)

13:30

ސިޓީލައި ނީލަން ފެށުމަށް ހަމަޖެހިފައިވާ ތާރީޚް

30 ނޮވެމްބަރ 2025 (އާދިއްތަ)

08:00

ތަން : ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 13:00 އާއި 6528558 އަށް، އީމެއިލް ކުރައްވާނަމަ : [email protected] އަށް މެއިލް ކުރައްވައިގެންނެވެ.

ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 30 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން، އޮފީސް ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 12:00 ގެ ކުރިން ބާރޖް ގަތުމަށް ބޭނުންވާ އަގު ސިޓީއަކުން މި ކުންފުންޏަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް ސިޓީ މެއިލް ކުރެއްވުން އެދެމެވެ.

ނީލަމުގައި ކޮންމެ ދުވަހެއްގެ މެންދުރު 12:00 އާއި ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު، އެ ދުވަހެއްގެ 14:00 ގެ ކުރިން މި އޮފީހުގެ ނޯޓިސް ބޯޑު އަދި ފޭސްބުކް ޕޭޖު https://www.facebook.com/kpl.com.mv ގައި ޢާންމު ކުރެވޭނެއެވެ.  ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލުނައިސް ވިދިވިދިގެން ރަސްމީ ބަންދުނޫން 3 ދުވަސް އޮވެއްޖެނަމަ، އެހާތަނަށް ހުށަހެޅިފައިވާ އަގަކީ އެ މުދަލަށް ހުށަހެޅުނު އެންމެ މަތީ އަގު ކަމުގައި ކަނޑައަޅައި، އެ އަގު ހުށަހަޅާފައިވާ ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ނިމުމުން ނީލަން ކާމިޔާބު ކުރާ ފަރާތާއި މިކުންފުންޏާއި ދެމެދު އެއްބަސްވުމެއް ތައްޔާރުކުރެވި، މި އެއްބަސްވުމުގެ ދަށުން ނީލަން ފައިސާ ބަލައިގަތުމާއި،  ބާރޖު ޕޯޓް ސަރަޙައްދުން ނެގުމުގެ މަސައްކަތް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބާރޖް ބައްލަވާލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 23 ނޮވެމްބަރ 2025 ވަނަ ދުވަހުން ފެށިގެން 30 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 13:00 އާއި ދެމެދު ކުޅުދުއްފުށީ ޕޯޓަށް ވަޑައިގަތުމުން މި އިންތިޒާމު ހަމަޖެހިގެން ދާނެ ކަމުގައި ދެންނެވީމެވެ.

 

ސިޓީލާ ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ އުޅަނދު (ބާޖު) އާއި ބެހޭ މަޢުލޫމާތު:

އުޅަނދުގެ ރަޖިސްޓްރީ ނަންބަރ : …..C3148A-03 12-B …

އުޅަނދުގެ ބާވަތް : ދަގަނޑު

ދިގުމިން : 21.660 މީޓަރު

ފުޅާމިން : 6.700  މީޓަރު

20 ނޮވެންބަރު 2025
ހޯދާ