މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރުގައި ކޭކު ކޯސް ކުރިއަށް ގެންދިއުމާއި ގުޅޭ
ހުޅުދުއްފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން 15 ދުވަހުގެ “ބޭސިކް އެންޑް އެޑްވާންސް އިން ކޭކް ޑެކަރޭޝަން" ކޯހެއް ޑިސެމްބަރ މަހުގެ ފަހުކޮޅު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިކޯސް ކުރިއަށް ގެންދެވޭނީ މަދުވެގެން 15 ބައިވެރިން ހަމަވާނަމައެވެ. އަދި ކޯހުގެ ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން -/1000 ނެގޭނެއެވެ.
ވީމާ، ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2025 ޑިސެމްބަރ 04 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ކައުންސިލްގެ ވައިބަރ ނަންބަރު 7380069 އަށް ފުރިހަމަ ނަމާއި، އެޑްރެސް، އައިޑީކާޑް ނަމްބަރ އަދި ފޯނު ނަމްބަރ ފޮނުއްވުން އެދެމެވެ.
19 ނޮވެންބަރު 2025
ހޯދާ
