މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ނ. މަގޫދޫން 2023 ނޮވެންބަރު 14 ވަނަ ދުވަހު ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ގޯތީގެ ރަޖިސްޓަރީ ހެދުމަށް ހުށައެޅުމަށް މުއްދަތު ދިނުން

ދިރިއުޅުމަށްޓަކައި  މިރަށުން 2023 ނޮވެންބަރު 14 ވަނަ ދުވަހު ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކަށް އަރާ ރުއްގަހަށް ބަދަލުދީ ބިން ސާފުކުރުމުގެ މަސައްކަތް މި އިދާރާއިން ކޮށް ނިންމައި ގޯތިތަކުގެ އިން ފާހަގަކުރެވިފައިވާތީ، އެ ގޯތިތަކުގެ ކަންމުޑިއަޅައި ގޯތީގެ ރަޖިސްޓަރީހެދުމަށް ހުށައެޅުމަށް 2025 ނޮވެންބަރު 23 ވަނަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ މުއްދަތު ދިނުމަށް މި ކައުންސިލްގެ 4 ވަނަ ދައުރުގެ 216 ވަނަ އާއްމު ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.

ވީމާ، މަތީގައި ބަޔާންކުރެވިފައިވާ ގޯތިތަކުގެ ވެރިފަރާތްތަކުން، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ގޯތީގެ ކަންމުޑިއެޅުމަށްފަހު ގޯތީގެ ރަޖިސްޓަރީ ހެދުމަށް 22 ޑިސެންބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފޯމު ހުށައެޅުއްވުން އެދެމެވެ.

ބަޔާންކުރެވިފައިވާ މުއްދަތުގައި ގޯތީގެ ރަޖިސްޓަރީ ހެދުމަށް މި އިދާރާއަށް ހުށައަޅުއްވާފައި ނުވާނަމަ މި އިދާރާއިން އާއްމުކޮށްފައިވާ "ދިރިއުޅުމަށް ދޫކުރާ ބަންޑާރަގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީކުރުމުގެ މަރުހަލާގައި ފުރިހަމަކުރަންޖެހޭ ކަންކަމާއި ރަޖިސްޓަރީކުރުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރެވޭނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

20 ނޮވެންބަރު 2025
ހޯދާ