ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

ނީލަންކިޔުން

 

ރަށުގެ ބޯޅަދަނޑުގެ އުތުރު ސަރަހައްދުގައި އައުފިޓްނަސް ސެންޓަރ އަޅާ ބިމުން ކަނޑާފައިވާ ރުއްގަހުގެ ބައިތަކާއި އެސް،ޓީ،އޯ ބޭސްފިހާރަ އުތުރު ސަރަހައްދުގައި އައުކައުންސިލް އިދާރާ އަޅާ ބިމުން ކަނޑާފައި ހުރި ރުއްގަސް ނީލަން ކިޔުން 2025 ޑިސެންބަރު 01 ވާ ހޯމަ ދުވަހު މެންދުރު ފަހު 13:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2025 ނޮވެންބަރު 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2025 ޑިސެންބަރު 01 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރަންވާނެއެވެ.ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ނީލަންކިޔާ ތަކެތި ބަލާލުމަށް ބޭނުންވާނަމަ 2025 ޑިސެންބަރު 01 ވާ ހޯމަ ދުވަހު 12:00އަށް ކައުންސިލްއިދާރާއަށް ދުރުވުން އެދެމެވެ.

 ނީލަމުން ނަގާ ތަކެތި ގެންދެވޭނީ ނީލަމުން ނަގާ ތަކެތީގެ އަގަށްވާ ޖުމްލަ ފައިސާ ކައުންސިލް އިދާރާއަށް ދެއްކުމުންނެވެ. ފައިސާ ބަލައިގަތުން، 2025 ޑިސެންބަރު 01 އިން 2025 ޑިސެންބަރު 04 ވަނަދުވަހުގެ 9:00 ން 12:00 ނިޔަލަށް ކުރިޔަށް ދާނެއެވެ. މިގަޑިއަށް ފައިސާ ދައްކާ ނިންމަވަންވާނެއެވެ.

އަދި ދަންނަވަމެވެ. ނީލަމުގައި ބައިވެރިވެ ނީލަމުން ނެގި ތަކެއްޗަށްވާ ފައިސާ ކަނޑައެޅިފައިވާ ވަގުތުގައި ނުދައްކައިފި ނަމަ ޖޫރިމަނާގެ ގޮތުގައި "ނީލަމުން ނެގި ތަކެތީގެ" ޖުމްލަ އަގަށްވާ ފައިސާގެ 50 އިންސައްތަ ދައްކަވަންޖެހޭނެއެވެ.

 

ނީލަން ކިޔަން ހަމަޖެހިފައިވާ ތަކެތީގެ މައުލޫމާތު (ނަންބަރު ޖަހާފައިވާނީ ފެހިކުލައިން)

 

  • ރުއްބުރި - ބޯޅަދަނޑު އުތުރު، އައު ފިޓްނަސް ސެންޓާރ އަޅާ ބިން (1،2،3،4،5،6،7،8،9،10،11،12،13،14)
  • ރުއްބުރި – އައު ކައުންސިލް އިދާރާ އަޅާ ބިން (15،16،17،18،19،20،21،22،23،24،25،26،27،28،29

،30،31،32،33،34،35،36،37،38،39، 40،41،42،43،44،45،46،47،48،49،50،51،52،53،54،55،56،57،58)

  • މިދިލިގަސްބުރި - އައު ކައުންސިލް އިދާރާ އަޅާ ބިން (59،60،61،62،63،64،65،66،67،68،69،70)

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

20 ނޮވެންބަރު 2025
ހޯދާ